ޚަބަރު އިޖުތިމާޢީ ސަރުކާރު

ޓީޖެޓީއާ ހަވާލުވީ މުއްދަތެއް ނެތް ގޮތަށް: އެމްޕީއެލް

ރައުފާ ރަޝީދު ، ދެން އޮންލައިން
ޓީ ޖެޓީ ސަރަހައްދު | ފޮޓޯ: ސަން

މާލޭ ޓީޖެޓީ ބަލަހައްޓަން އެމްޕީއެލްއަށް ދީފައި ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޕީއެލްގެ މީޑިޔާ އޮފިޝަލް ދާނިޝް ނިޒާމް "ދެން"އަށް މައުލޫމާތުން ދެއްވަމުން ވިދާޅުވީ އެ ކުންފުންޏާ ޓީޖެޓީ ހަވާލުކޮށްފައި ވަނީ 2015ވަނަ އަހަރު ޑރ. މުހައްމަދު މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ކަމަށެވެ.

ދާނިޝް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުން ޓީޖެޓީގައި ހުރި އެމްޕީއެލްގެ އެއްޗެހި ހުސްކޮށް، އަންނަ އާދިއްތަ ދުވަހުގެ ކުރިން އެތަން ހަވާލުކުރަން އަންގައިފައިވީ ނަމަވެސް އެ ކުންފުނިން ސޮއިކޮށްފައިވާ އެމްއޯޔޫގައި ވަކި މުއްދަތެއް ކަނޑައަޅައިފައި ނެތް ކަމަށެވެ.

“2015ވަނަ އަހަރު މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި އުޅުނު އިރު ހަވާލު ކުރީ. އެކަމާ ގުޅިގެން މިނިސްޓްރީއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގައި މުއްދަތެއް ބަޔާންކޮށްފައެއް ނެތް” ދާނިޝް ވިދާޅުވިއެވެ.

މާލޭގެ ހުޅަނގު ހާބަރުގައިވާ ޓީ ޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދިން 90 ދުވަސް ހަމަވުމުން އެތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނައުމަށް ފާސްކޮށްފައި ވަނީ އިއްޔެއެވެ. އިއްޔެ އޮތް އެ ކައުންސިލްގެ ބައްދަލުވުމުގައި, މާލޭ ސިޓީ ކައުންސިލްގެ ދަށަށް ޓީ ޖެޓީ ގެނައުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝެވެ.

އެ ހުށަހެޅުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް ކައުސިލަރުންގެ އިއްތިފާގުންނެވެ.

Ads by Ooredoo
  1. ރައްޔިތުމީހާ

    ދާނިޝްއަށް އެނގޭތަ ދާނިޝްގެ މުއްދަތު އެއެނގޭނީ ދާނިޝް ފޮނުއްވިފަރާތަށް އެފަރާތުން އެންގެވީމާ ދާނިޝްވެސް ޖެހޭނީ ވަކިވާން އެހެންވީމާ ކުރިން ޓީޖެޓީ ޙަވާލުކުރިފްރާތުން ޓީޖެޓީ ނަގަންވީމާ ނެގޭނެ

  2. ރައްޔިތުމީހާ

    ދާނިޝްއަށް އެނގޭތަ ދާނިޝްގެ މުއްދަތު އެއެނގޭނީ ދާނިޝް ފޮނުއްވިފަރާތަށް އެފަރާތުން އެންގެވީމާ ދާނިޝްވެސް ޖެހޭނީ ވަކިވާން އެހެންވީމާ ކުރިން ޓީޖެޓީ ޙަވާލުކުރިފްރާތުން ޓީޖެޓީ ނަގަންވީމާ ނެގޭނެ

  3. މުދހދހަތހު

    މުއްދަތެއް ނެތީމާ އަވަހަށް ޙަވާަލު ކުރަންވީނު