ޚަބަރު ސިޔާސީ

ހުޅުމާލެއެއް ނުލިބުނު، ކޯޅުންތަކަށް ފަހު "ކޮތަރު ކޮށި" ޖަލްސާ ކާނިވާ ސަރަހައްދަށް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ހިޔާ ފްލެޓުތައް ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބާއްވަން އުޅުނު "ކޮތަރުކޮށި" ޖަލްސާ މާލޭ ކާނިވާ ސަރަހައްދަށް ބަދަލުކުރަން ނިންމައިފިއެވެ.

Ads by STELCO

މާދަމާރޭ އިދިކޮޅުން ބާއްވަން ތާވަލުކުރި ޖަލްސާ ބާއްވަން އުޅުނީ ހިޔާ ފްލެޓު ސަރަހައްދުގައި ހުރި ޕާކުގައެވެ. އެހެން ނަމަވެސް އެޗްޑީސީން ވަނީ އެ ޖަލްސާ ބޭއްވުމުގެ ހުއްދައަށް އިދިކޮޅުން އެދިފައި ނުވާކަމަށް ބުނެ، ޖަލްސާއަށް ހުރަސް އަޅައިފައެވެ. އެގޮތުން އެޗްޑީސީގެ ބޮޑެތި އެއްގަމު އުޅަނދުތަކެއް ހިޔާ ފްލެޓު ސަރަހައްދަށް ގެންދިޔުމުގެ އިތުރުން އެ ސަރަހައްދުގައި ޖެހި ދިދަތައް ވެސް ވަނީ ފުލުހުން ލައްވައި ނަގުވައިފައެވެ.

ޖަލްސާއާ ގުޅިގެން ޕީއެންސީގެ ނައިބުރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮތަރުކޮށި ޖަލްސާ ހުޅުމާލެ ފޭސް 2ގައި ބޭއްވިޔަ ނުދިން ކަމަށާއި އުސްފަސްގަނޑަށް ޖަލްސާ ބަދަލުކުރުމުން އެސަރަހައްދު ވެސް ނުދިން ކަމަށެވެ.

"މިހާރު ޓާގެޓަކީ ކާނިވާ ސަރަހައްދު، އެހެން ގޮތެއް ނެތިއްޔާ ކަނޑުމަތީގައި ވެސް މާދަމާރޭ ކޮތަރުކޮށި ޖަލްސާ ބާއްވާނަން.... ސަރުކާރު ބިރުގަތީ މާ ބޮޑަށް" އާދަމް ޝަރީފު ވިދާޅުވިއެވެ.

އިދިކޮޅުން ހިޔާ ޕާކުގައި ޖަލްސާއަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ފުލުހުން ވަނީ އެކަން ހުއްޓުވައިފައެވެ. ގިނަ އަދަދެއްގެ ފުލުހުން ވަނީ ހިޔާ ޕާކު ސަރަހައްދުގައި ރޭ ފޯރިމަރައިފައެވެ.

Ads by Allied Insurance
  1. ސުލޯލިހު

    ކާނިވާ ސަހައްދަށް އަހަރުމެން ފޮނުވާނީ އިންޑިއާ ސިފައިން. އެނގިދާނެތާ.