ޖެންޑާ މިނިސްޓަރުގެ ފިރިކަލުން އަވަހާރަވެއްޖެ

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީގެ ފިރިކަލުން އިބްރާހިމް ޒާހިރު އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މަނިކުފާނު އަވާހަރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު މެންދުރު ފަހު 2:00 ހާއިރުއެވެ.
އިބްރާހިމް ޒާހިރު އަވާހަރަވީ އިންޑިއާގެ ރާޖަގިރި ހޮސްޕިޓަލުގައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނު ވަނީ ވަރަަށް ފަހުން ކޮވިޑް-19އަށް ވެސް ފައްސިވެފައެވެ.
އިބްރާހީމް ޒާހިރަކީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޒާހިރުގެ ބޭބޭފުޅެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون