ޚަބަރު

ކުށް ކުރެވުނީ ދީނީ ޤަބޫލު ކުރުންތަކުގެ ސަބަބުން، ނަޝީދުގެ ކިބައިން މަޢާފަށް އެދެން: އަދުހަމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެއި ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދެވުނު ބޮމުގެ ހަމަލައިގައި ބޮން ގޮއްވައިލި، އަދުހަމް އަޙްމަދު، ރަޝީދު ރައީސް ނަޝީދުގެ ކިބައިން މަޢާފަށް އެދިއްޖެއެވެ.

Ads by STELCO

މިހާރު ކްރިމިނަލް ކޯޓުގައި ކުރިޔަށްދާ ޝަރީއަތުގައި އަދުހަމް ވަނީ ރައީސް ނަޝީދާއި އެ ހަމަލާގައި ގެއްލުން ލިބުނު ހުރިހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދިފައެވެ. އަދި ބުނެފައި ވަނީ އެފަދަ ހަމަލާއެއް ދީފައި ވަނީ ދީނީ ޤަބޫލު ކުރުންތަކުގެ ސަބަބުން ކަމަށެވެ.

މިފަދަ ކަމެއް އަދުހަމްގެ ފަރާތުން ތަކުރާރު ނުވާނެ ކަމަށް ބުނަމުން އޭނާ ބުނެފައި ވަނީ، ދިވެހި ހުރިހާ ރައްޔިތުންގެ ކިބައިން ވެސް އޭނާ މަޢާފަށް އެދެން ބޭނުންވާ ކަމަށެވެ.

"ހަމަލާއަކީ އަޅުގަނޑަށް ކުރެވުނު ކުށެއް. އެއީ އަޅުގަނޑަށް ދީނީ ގޮތުން ގަބޫލު ކުރެވުނު ކަންތައްތަކަކާ ގުޅިގެން." އަދުހަމް ވަނީ އެކުށަށް އިއުތިރާފްވެ، ތައުބާވެފައިވާ ކަމަށް ބުނެފައެވެ.

މެއި ހަވަަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން މަސައްކަތްކޮށްފައި ވަނީ ސައިކަލެއްގައި އައިއީޑީއެއް ގޮއްވައިލައިގެންނެވެ. އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގައި ސައިކަލާ އަރާ ހަމަވުމުން ރިމޯޓަކުން އައިއީޑީ އެކްޓިވޭޓްކޮށްފައި ވަނީ އަދުހަމެވެ.

ދައުލަތުން އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ނިރުބަވެރި އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން އެ ފަދަ ޖަމާއަތަކަށް ތާއީދު ކުރުމާއި ނުރައްކާތެރި ހަތިޔާރެއްގެ ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނު ކަމުގެ ދައުވާއެވެ.

އަދުހަމާ އެކު ދައުލަތުން ވެފައިވާ އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި މައްސަލައިގައި އެހެން އަޑު އެހުންތައް ކުރިޔަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ. އަމިއްލައަށް އިއުތިރާފްވުމުން، އަވަސް ނިޔާ މައްސަލައެއްގެ ގޮތުގައި ޝަރީއަތް ކުރިއަށް ގެންގޮސް މިއަދު އޭނާގެ މައްޗަށް ހުކުމް އިއްވާނެއެވެ. ހުކުމް އިއްވުމުގެ ކުރިން މިއަދު މިމައްސަލަ ބައްލަވާ ޣާޒީ ވަނީ އަދުހަމް ކުރެން، ދައުލަތާ އެކު ހަދައިފައިވާ އިއުތިރާފްގެ އެއްބަސްވުން ކުރިޔަށް ގެންދަން ބޭނުންވޭތޯ ސުވާލު ކުރައްވައިފައެވެ. އަދުހަމް ބުނެފައި ވަނީ އެގޮތަށް ކުރިޔަށްދާން ބޭނުންވާ ކަމަށެވެ.

  1. ހުދުހުދު

    ބަލަ ކަލޯ އިސްލާމް ދީނެއްގަ ނުއޮވޭ ތިގޮތަށް ބޮން ގޮއްވައިގެން މީހުން މެރުމަކަށް….ތި އުޅެނީ ދީން ނޭނގި ދީނުގެ ނަމުގައި ހައްދު ފަހަނަ އެޅިގެން.
    ތިޔަ މީހުން ގަބޫލު ކުރާ ގޮތުގައި ވަކި ހާލަތެއްގަ ކައިވެނި ހެޔޮނުވާ މީހަކާ އިނދެވިވެސްދާނެ.ނަޢޫޛު ބިﷲ……!
    ﷲ އިސްލާމް ދީން ފޮނުއްވީ އިންސާނިއްޔަތުގެ ދީނެއްގެ ގޮތުގައި.އުސޫލު ތަކާއި ރިވެތި ހަމަތަކެއްގެ މަތިން….ކުށެއް ކުރެވިއްޖެ ނަމަ ތައުބާވެ މާފަށް ވެސް އެދެން ޖެހޭނެ.
    * ނަޝީދުވެސް ޑެންމާކު ގައި ދެއްކެވި ވާހަކަ ތަކަށް ތައުބާވެ މާފަށް އެދެން ވާނެ….!

  2. ކިޔާމީހާ

    އޭނާއަށް މާފުދޭން ރަނގަޅު އޭނާ ކުރެވުނު ކުށް ގަބޫލުވެސް ކޮށްފި އެހެންވީމާ ފރުޞަތެއް ދޭން ރަނގަޅު ދީނުގަ އޮވޭ ކުށް ކުރާ މީހާއަށް މާފްކުރުންވެސް

  3. ކިނބޫ

    އޭނަ ބޮލުގަ ބަޑި ޖައްސައިގެން ކިއުއްވާ އެއްޗިހި ތެދަކަށް ވޭތަ؟