މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ކުރީގެ މެމްބަރު އަލް މަރުހޫމް ހުސައިން ވަހީދުގެ ހަނދާނުގައި ހަމަހިމޭންކަމުގެ އެއްމިނެޓުގެ ސުކޫތެއް ރައްޔިތުންގެ މަޖިލީހުގައި ގެނެސްފިއެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި ސުކޫތެއް ގެނައުމުގެ އިތުރުން ހުސައިން ވަހީދުގެ ހަނދާނުގައި މަޖިލީހުގައި ވަނީ ތައުޒިޔާގެ ދަފްތަރެއް ވެސް ހުޅުވައިފައެވެ. މިދަފްތަރު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ތައުޒިޔާގެ ދަފުތަރު ހުޅުވައިދެއްވަމުން ރައީސް ލިޔުއްވި ބަޔާނުގައި އެ މަނިކުފާނު ވަނީ އަލްމަރްހޫމް ހުސައިން ވަހީދަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއްކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ހުސައިން ވަހީދަކީ ސިޔާސީ ދާއިރާގައި އެކުގައި މަސައްކަތްކުރެއްވިއިރު ވެސް ހެޔޮ ލަފާ ދެއްވައި ވިސްނުންތެރި އަދި ދިމާވި އެކި ހުރަސްތަކާއި އަޑިގުޑަންތަކުން އަރައިގަތުމުގައި ކެރިގެން ކުރިމަތިލެއްވި ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ 17 އަދި 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކޮށްދެއްވައިފައިވާތީ ހުސައިން ވަހީދުގެ އަގު ވަޒަންކުރައްވައިފައެވެ.
ހުސައިން ވަހީދު އަވާހަރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހުއެވެ. ރާއްޖެއިން ބޭރުގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވައިފައެވެ. އޭގެ ފަހުން މިއަހަރުގެ ކުރީކޮޅު ރާއްޖެ ވަޑައިގެން އޭޑީކޭއިން ވެސް ފަރުވާ ހޯއްދެވިއެވެ.
މީދީންބާރުއަޅާކަމަކީތަ އެތްމެބޭނުންވާނީހެޔޮކަމެށްނު