ޚަބަރު

ރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިއާ މުހިންމު: ހަސަން ލަތީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ދިވެހި ރާއްޖޭގެ ޙަޤީޤީ މިނިވަންކަމަށް އިންޑިއާ މުހިންމުކަމަށް މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

ހަސަން ލަތީފް މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެންޕެއިން އަތޮޅު ތެރޭގައި ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ރައީސް ޔާމީން އިއްޔެ ވަނީ ކ. ގުރައިދޫއަށް ވަޑައިގެން އިންޑިއާ އައުޓް ކެންޕެއިންގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

ހަސަން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއަކީ ރާއްޖޭގެ ޙަޤީޤީ މިނިވަން ކަމަށް މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި އިންޑިއާއިން ރާއްޖޭގައި ތިބުމަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތަކާއި އިންސާނީ ވަގުފާރިއާއި ހަތިޔާރުގެ ވިޔަފާރި ކުރާ ފަރާތްކަށް ފުރުސަތު ހަނިވާނެ ކަމެއް ކަމަށާއި އަދި އެކަން ކުރާ ފަރާތްތަކާއި އެކަމުން މަންފާ ލިބޭ ފަރާތްތައް އިންޑިއާއިން ރާއްޖޭގައި ތިބުމުން ކަންބޮޑުވާނެ ކަމަށެވެ.

"މަސްތުވާތަކެއްޗާ އިންސާނީ ވަގުފާރިއާ ހަތިޔާރުގެ ވިޔަފާރި ފަދަ ކްރޮސްބޯޑަރ ޖިނާއީ ކުށްތައް ހިންގާ ނެޓްވަރކްތަކަށް ފުރުޞަތު ހަނިވުމަކީ އެފަދަ ވިޔަފާރިތަކާ ގުޅިފައިވާ އަދި އޭގެން ފައިދާ ނަގާ މީސްމީހުން ކަންބޮޑުވާނޭ ކަމެއް" ރައީސް ޔާމީންގެ ފޮޓޯއެއް ޓްވީޓް ކުރައްވަމުން ހަސަން ވިދާޅުވިއެވެ.

މިއަދު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ އިންޑިއާގެ ދިފާޢުގައި ވާހަކަފުޅު ދައްކަވައިފައެވެ. މިގޮތުން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅުވައިލެވޭނެ ދައުރެއް ނޫން ކަމަށެވެ. އަދި އެފަދައިން އެކަން އޮތުމުން "އިންޑިއާ އައުޓް"އެކޭ ވެސް ދިވެހިންނަށް ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހި ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން. އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އިދިކޮޅުން "އިންޑިއާ އައުޓް"ކެމްޕޭން ފުޅާ ކުރަމުން ، އަދި ސަރުކާރުން އެކަން ކުށްވެރިކުރަމުންދާއިރު ރާއްޖެއާއި އިންޑިއާއާ ދެމެދު އަޑިނޭނގޭ ސިއްރު އެއްބަސްވުންތަކެއް ވެފައިވާ ކަމަށާއި އެކަން ހާމަ ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ. އަދި އިންޑިއާގެ އަސްކަރީން ރާއްޖޭގައި ގާއިމުވެ ތިބުން ވެސް ގިނަ ބަޔަކު ކުށްވެރި ކުރެއެވެ.

Ads by Allied Insurance
  1. ސެއްޅި

    ހަސަނާ އަމައޭ ނުކިޔާ..21 ވަނަ ގަރުނު މިއީ.ރާއްޖޭގެ މިނިވަން ކަމަށް އިންޑިޔާ މުހިއްމެއް ނޫން.އެއްވެސް ގައުމެއް މުހިއްމެއް ނޫން..އެއްވެސް ގައުމެއްގެ މުއްޕަތަށް ނުވެއްޓި ވޭތުވެ ދިޔަ ފަންސާހަށް ވުރެ ގިނަ އަހަރު ވެސް މިދިޔައީ….ލާރިގަނޑު އިންޑިޔާއިން ދިނީމާ ތިރުނޑި ވާހަކަ ތިދައްކަނީ.

  2. ޚަބިލި

    ޚަލޭމެނަށް އިންޑިޔާޢާއި ނުލައި ނޫޅެވިގެން ތިއުޅެނީ ބަލަ އިންޑިޔާއިން ކިހާބައިވަރެއް ކެވިފަތިބީމާކަން ދިވެހިން ނަށް މިހާރު ވަރަށް ް ރަގަޅަށް އެބައެންގޭ ް ވަރަށް ސާފު އިންޑިޔާ ޖެހޭނީ މިގައުމުން ފަިބަން އިންޑިޔާ އައުޓް

  3. ޢަވާމެނދުރު

    ހަސަނުގެމޮޔަކަމާހުރެ ދެން ހަމަ ބޯހަލާކު ބަލަމޮޔަޔާ ބޮލަކަން ތިހުރީ މީދާކޭއުބެެތްތަޖަހާފަ ވީއެތްމެއަވަހަކަން ނަސީދު އޮޕަރޭސަން ކުރި ދޮކުޓަރުންލައްވާ ތިއުބުނަގާފަބޮލެއްޖަހާ އޯކޭ