ޚަބަރު

ޕީޕީއެމްގެ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަންވަނީ ރާވައިފައި، ފުރުސަތެއް ނުދޭނަން: ފުލުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއަދު އިދިކޮޅުން "އިންޑިއާ އައުޓް"ގެ ނަމުގައި ބާއްވާ ސައިކަލު ބުރު ހިންގަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

Ads by STELCO

ފުލުހުން މިއަދު ވިދާޅުވީ، މިއަދު ހިންގާ ސައިކަލު ބުރުގައި، ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި ފުލުހުން ދެކޭ ކަމަށާއި ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިއަދު އާއްމު ކުރި ބަޔާނުގައި އިތުރަށް ވިދާޅުވީ، މި ސައިކަލު ބުރަށް ފުރުސަތު ނުދޭން ނިންމީ، އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގައި ބައިވެރިންނާއި އެހެނިހެން މީހުން ވެސް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާ ކަމުގައިވާތީ ކަމަށެވެ.

މިކަމާ ގުޅިގެން އެއްވެސް އިތުރު ތަފްސީލެއް ފުލުހުންނެއް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ވެސް އިދިކޮޅުން މާލޭގައި "އިންޑިއާ އައުޓް" ކެންޕެއިން ހަރަކާތްތައް ބާއްވައިފައި ވެއެވެ. އެހެން ނަމަވެސް ފުޅާ ކުރަމުންދާ މި ކެމްޕެއިންގައި މިހައިތަނަށް އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވެއެވެ.

  1. މިއަދު

    ޙަޖަމުނުވީ ހަޖަމެއްނުވާނެ 2023ގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުމީހުނަށް ވޯޓުލާން ފުރުސަތު ލިބޭނެބާ

  2. ޢަވާމެނދުރު

    ބަލަމީއިމުރާނުއާ މޑޕ އާއެތްނޫނޭދޮގުހަދާފަގޮސް އަމަންއަމާނބަލައްތިބިމޭހުންމަރަން