ޚަބަރު

އިދިކޮޅުގެ ސައިކަލު ބުރު ހުއްޓުވަން މަގު ބަންދުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅުގެ ސައިކަލު ބުރު ފުލުހުން ހުއްޓުވަން ފުލުހުން ނިކުމެ މަގު ބަންދުކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު އިދިކޮޅުން ބާއްވާ ސައިކަލު ބުރުގެ ތެރެއިން.. ދެން އިމޭޖްސް

މިއަދު އިދިކޮޅުން މާލޭގައި ބާއްވާ ސައިކަލު ބުރަކީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށް ގޮވައިލައި އިދިކޮޅުން ކުރިޔަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިންގެ ބައެކެވެ.

ސައިކަލު ބުރު ފެށެން ވަގުތު ކުޑަތަންވެފައި ވަނިކޮށް، ފުލުހުން ވަނީ ސައިކަލު ބުރު ނުބޭއްވޭނެ ކަމަށް އަންގައިފައެވެ. ފުލުުހުން ވިދާޅުވެފައި ވަނީ، މިއަދު ބާއްވާ ސައިކަލު ބުރުގައި ހަމަނުޖެހުން ހިންގަން ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ހަމަނުޖެހުންތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި ފުލުހުން ދެކޭ ކަމަށާއި ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް ފުޅާ ކުރަމުންދާ "އިންޑިއާ އައުޓް"ކެމްޕޭންގައި މިހައިތަނަށް އެއްވެސް ހަމަނުޖެހުމެއް ހިންގައިފައެއް ނުވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!