ޚަބަރު

ނިޒާރު އިދިކޮޅަށް: އިންޑިއާ އައުޓަށް ނުގޮވައި ވެރިކަމަށް އަންނަން ބޭނުންނަމަ ހަރުދަނާ ސިޔާސަތާ އެކު ކެންޕެއިން ކުރޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވެރިކަމަށް އަންނަން ބޭނުން ނަމަ ރަނގަޅު ސިޔާސަތުތަކާ އެކު ކެންޕެއިން ކުރުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި އަލީ ނިޒާރު ވިދާޅުވީ، އެ ކެންޕެއިނަކީ އަމިއްލަ އެދުމަށާއި ސިޔާސީ މަންފާ ހޯދުމަށް ކުރާ ކެންޕެއިނެއް ކަަމަށެވެ. އަދި ވެރިކަމަށް އަންނަ ބޭނުން ނަމަ އެކުވެރި ޤައުމަކާއެކު ގުޅުން ޚަރާބުނުކޮށް ހަރުދަނާ ސިޔާސަތުތަކާއެކު ކެންޕެއިން ކުރުމަށް ނިޒާރު ވަނީ އިދިކޮޅަށް ގޮވައިލައްވައިފައެވެ.

"ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށް އެތަކެއް ޒަމާންވީ އެކުވެރި އަވައްޓެރި ޤައުމަކާއި ރާއްޖެއާ އޮތް ގުޅުން ހަރާބްކޮށް ދިވެހިން މުސީބާތެއްގެ ތެރެއަށް ދޫކޮށްލަން ކުރެވޭ މަސައްކަތް ބަލައެއް ނުގަނެވޭނެ. ވެރިކަމަށް އަންނަން މޮޔަ ނުގޮވާ ހަރުދަނާ ސިޔާސަތު ހުށަހަޅާ ކެންޕެއިން ކުރުން މުހިންމު." ނިޒާރު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ހަރަކާތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެއާ އެކު އެމްޑީޕީން މި ހަރަކާތަށް ދޭ ބަހުގެ ހަމަލާތައް ވެސް ވަނީ ގިނަވެފައެވެ.

  1. ރައް

    ކޮއިފުޅާލައްކަކައިގެންދޯތިހުރީީ ރާއްޖެވިއްކާފަވެސްް ދިރުވޭތޯބަލަނީދޯޯ ތީކަލޯމެންް އަބަދުވެސްް އުޅޭގޮތްތަަ ހާދަހާހީލަތްތެރިމީހެކޭތީީ އައްޑޫޫ ރައްޔިތުންް ގަނޑަތަޅުވާފަވެސްް ކެވޭތޯބަލާ

  2. ގޮމަކަސްތޫރި

    ނޭގުނޭ ތިޔަވިދާޅުވި ބަހުގެ މާނައެއް. ނޭގުނޭ ތިޔަވިދާވި ބަހުގެ މާނައެއް. ނޭގުނޭ ނޭގުނޭ ތިޔަވިދާޅުވިބަހުގެ މނައެއް. ތިޔަބޭފުޅާ ތިޔަވިދާޅުވާ ބަސްފުޅުގެ މާނައަކީ ރައީސް ޔާމީންގެ ވެރިކަމުގެ 5 އަހަރުގައި އެމްޑީޕީގެ ވެރިން ބޭރުގައުމުތަކަށް ވަޑައިގެން ރާއްޖެބޮއިކޮޓްކުރަން ގޮވި ނާތަހްޒީބު މުޑުދާރު ޢަމަލުގެ ވާހަކަތޯ؟ ރާއްޖޭގައި ނުބައި ނުލަފާ ކަންކަންކުރުމުގެ ރެކޯޑްއޮތީ އެމްޑީޕީގައެވެ.

  3. ގޫރިތޭނިޒާރު

    ވެރިކަން ކޔރާހިތްވާ މީހުން ވެރިކަމާ ތޮޅޭ. އަހަރުމެން އިންޑިއާ އައުޓް ގޮވާނަން. ގޫބައްޑާއަކަށް ނޭނގޭނެ އަހަރުން ގޮވަންވާ އެއްޗެއް ބުނާކަށް.

  4. އިބްރާހިމް

    އިންޑިއާ ސިފައިން ރާއްޖޭގަެއި ތިބެންޖެހޭ ޖާއިޒް ސަބަބެއް ނެތް. އަވަހަށް ފައިބާ. ރީތިކޮށް ނުފައިބައިފިނަމަ ހަޑިކޮށްވެސް ބާލާނަން އިންޝާﷲ. މި ޤައުމުގައި ހަދާފަހުރި ޤާނޫނުތަކާއި ފުށުއަރާގޮތަށް އެގްރިމެންޓްތަކުގައި ސޮއިކޮށްގެން އުޅެނީ ރާއްޖެއާއި ދުނިޔެއަށް މަސްތުވާތަކެތީގެ ވަގު ވިޔަފާރިކޮށް މަނީލޯންޑަރިން ކުޅިކުޅެން. އަވަހަށް ފައިބާ.