ޚަބަރު ސިޔާސީ

ޑރ. ޝަހީމްގެ ސުވާލެއް: ދަރުމަވަންތައަށް ކުޑަ މުއްދަތެއްގެ ތެރޭގައި ވަގުތީ އިމާރާތެއް ދިން އިރު އަރަބިއްޔާއަށް ނުދެނީ ކީއްވެ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: ދެން އިމޭޖްސް

ރާއްޖޭގައި އަރަބި މަންހަޖަށް ކިޔަވައިދޭ ހަމައެކަނި ސްކޫލު ކަމުގައިވާ އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.

Ads by STELCO

އަރަބިއްޔާ ސްކޫލް ހިންގަމުން އަންނަ އިމާރާތުގައި ވަރަށް ބޮޑަށް ރެނދުލައި ހަލާކުވުމުގެ ސަބަބުން، ބެލެނިވެރިން ވަނީ އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެކަމުގެ ހައްލެއްގެ ގޮތުގައި އެ މިނިސްޓްރީން އެންމެ ފަހުން ނިންމީ އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ދަރިވަރުންނަށް ވަގުތީ ގޮތުން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖައްސައި، ހުޅުމާލޭގައި ވެސް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް އިމާރާތެއް ހާއްސަ ކުރުމުގެ އިތުރުން މިހާރު ބޭނުން ކުރަމުންދާ އިމާރާތް މަރާމާތުކޮށް، އެ އިމާރާތް ވެސް އަރަބިއްޔާގެ ބޭނުންތަކަށް ދިނުމަށެވެ.

ނަމަވެސް އަރަބިއްޔާ ސްކޫލުގެ ގިނަ ބެލެނިވެރިން ބުނެފައި ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމި ނިންމުން ޤަބޫލު ނުކުރާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ، އެހެން ސްކޫލަކާ އެކު ޝެއާ ކޮށްގެން ތައުލީމު ހާސިލު ކުރުމަކީ ދަތިކަމަކަށް ވުމުގެ އިތުރުން، އިއްޒުއްދީން ސްކޫލުގައި އަރަބިއްޔާގެ ހުރިހާ ދަރިވަރުންނަށް ތައުލީމު އުނގަންނައި ދެވޭ ވަރަށް ޖާގަ ނެތުން ކަމުގައި އެ ސްކޫލުގެ ޕީޓީއޭއިން ބުނެފައިވެއެވެ.

ހުޅުމާލެއިން އިމާރާތެއް ދެއްވަން އެޑިއުކޭޝަނުން ބުނެފައި އެ ވަނީ، އެ ސްކޫލުގެ ގިނަ ދަރިވަރުންނާއި ޓީޗަރުން ވެސް މިހާރު ހުޅުމާލެއަށް ބަދަލުވެފައި ވުމުން، މާލެއަށް އައުމަށް ދަތިކަމާ ކުރިމަތިވާނެ ކަމަށް މިނިސްޓްރީގައި ދަންނަވައި، އަރަބި ކިޔަވައިދޭ އިތުރު ސްކޫލެއް ހުޅުމާލޭގައި ގާއިމުކޮށްދިނުމަށް ބެލެނިވެރިން ކުރިން އެދުނު އެދުމާ ގުޅިގެން ކަމަށެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މި ކަންބޮޑުވުންތަކާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރުމަވަންތަ ސްކޫލް ބޮލަށް ވެއްޓޭތީ ކުޑަ މުއްދަތެއްގައި ވަގުތީ ސްކޫލެއް ހަދައި އެ ތަނަށް ދަރިވަރުން ބަދަލުކޮށް، ވަގުތުން ބަޖެޓް ހަމަ ޖައްސައި ދާއިމީ ސްކޫލެއް އަޅަން ފެށި ކަމަށެވެ.

"މިހާރު އެތަން ނިމެމުން އެދަނީ ވިލާ ކޮލެޖް ކުރިމަތީގަ.. ޢަރަބިއްޔާ ސްކޫލާ މެދު ކީއްވެ އެހެން ނުހަދަންވީ؟" ޑރ. ޝަހީމް ސުވާލު ކުރެއްވިއެވެ.

އަރަބިއްޔާ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވައިލައި، އެ ސްކޫލުގެ ދޮރުމަތީގައި އަރަބިއްޔާގެ ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ އިއްޔެ ހަވީރު އިހުތިޖާޖެއް ވެސް ކޮށްފައެވެ. އެ އިހުތިޖާޖުގައި ބެލެނިވެރިން ގޮވައިލައިފައި ވަނީ ވަގުތީ ގޮތުން ކިޔަވަން ދާން އެކަށީގެންވާ އިމާރާތެއް ދެއްވުމަށާއި ކުދިންގެ ހައްޤުތައް ނިގުޅައި ނުގަތުމަށެވެ.

Ads by HDC
  1. ސީމާ

    މިހާފާޅުގައި ދީނާ ދެކޮޅުކަންތައް ، ހިޔަޅު ސިކުނޑިން ރާވައި އަމަލު ކުރަމުން މިދަނީ އަޅެ ފަހެ މި ޤަވްމާއި ރައްޔަތުންނާމެދު ވިސްނައި ރައްޔަތުން ޙަޥާލު ކޮށްފައިވާ
    އަމާނާތައް ޚިޔާނާތްތެރިވެ ، الله ގަންދީ ކޮށްފައިވާ ހުވަޔާއި ދެކޮޅަށޭ ނުބުނެވޭނެތަ! ޑެންމާރކްގައި އިސްލާމް ދީނާއި ދެކޮޅަށް ވާހަކަ ދައްކާފައިވާ ދިވެއްސެއް ހުރި ކަމާށް ބުނާނަމަ އެކަމަށް ވެސް ފިޔަވަޅު އަޅަން ޖެހެއޭ ނުބުނެވޭނެތަ؟ ބޭރުންގެނެސްފައިވާ ޓީޗަރުން ކިޔަވާ ކުދީން ހައްލަމުންދާއިރު އެޓީޗަރުންވަގުތުން ވަކި ކުރުމަށް ނުބުނެވޭނެތަ؟