ލައިފްސްޓައިލް ލުއި ޚަބަރު

އޮސްޓްރޭލިއާގައި މަގުމަތީގައި ބުޅާ އުޅުން މަނާކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އޮސްޓްރޭލިއާގެ ފްރީމެންޓަލް ސިޓީގައި، މަގުމަތީގައި ބުޅާ އުޅުން މަނާކޮށްފިއެވެ.

Ads by Hajj Corporation

އެސިޓީގެ ކައުންސިލުން މިގޮތަށް ނިންމީ ޖަނަވާރުން ހިމާޔަތް ކުރުމުގެ ގޮތުންކަމަށް ކައުންސިލުން ބުނެއެވެ. އެގޮތުން ހޯދުންތަކުން ދައްކާ ގޮތުގައި އޮސްޓްރޭލިއާގެ މަގުތަކުގައި އުޅޭ ބުޅާ އަވަހަށް މަރުވުމުގެ ފުރުސަތު ބޮޑެވެ. ކާރުގައި ޖެހިގެންނާއި އެހެނިހެން ބައެއް ޖަނަވާރުގެ ޝިކާރައަކަށް ވެގެން ވެސް ބުޅާ މަރުވުން އިތުރުވެފައިވާތީ އެ ނުރައްކާ ކުޑަކުރުމަށް މަގުމަތީގައި ބުޅާ އުޅުން މަނާކުރީކަމަށް ކައުންސިލްގެ ނިންމުމުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް ފަހަރު ބުޅަލުގެ ސަބަބުން އެހެން ބައެއް ޖަނަވާރުތަކަށް ނުރައްކަލާ ކުރިމަތިވަމުންދާ ދިޔުން ވެސް ހުއްޓުމަކަށް އަންނާނެކަމަށް ފްރީމެންޓަލް ކައުންސިލުން ދެކެއެވެ.

ކައުންސިލުން ވަނީ ބުޅާ ޕެޓެއްގެ ގޮތުގައި ގެންގުޅޭ ފަރާތްތަކުން ވެސް އެތަކެތި މަގުމައްޗަށް ދޫކޮށްނުލުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެސިޓީގެ ކައުންސިލުން ދަނީ ބައެއް ސަރަހައްދުތައް ބުޅާ އުޅުމަށް ހާއްސަ ކުރުމަށް ވެސް ނިންމައިފައެވެ. އެސަރަހައްދުތައް ކަނޑައަޅާނީ އެހެން ޖަނަވާރުތައް ނޫޅޭ ތަންތަނަށް ބެލުމަށްފަހުކަމަށް ވެސް ކައުންސިލުން ބުނެއެވެ. ކައުންސިލުން ބުނާ ގޮތުގައި ބުޅަލުގެ ސަބަބުން އެހެން ޖަނަވާރުތަކަށް އޮތް ނުރައްކާ 30 އިންސައްތަ އިތުރެވެ. އެހެންކަމުން ސަރަހައްދުތައް ކަނޑައެޅުމަކީ ވައިލްޑް ލައިފް ދިރުމަށް ވަރަށް މުހިންމުކަމެއްކަމަށް ކައުންސިލުން ދެކެއެވެ.

އޮސްޓްރޭލިއާގެ ފްރީމެންޓަލް ކައުންސިލުން ވަނީ މިނިންމުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވައިލައިފައެވެ. އެގޮތުން ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި މިކަމަށް އާންމުންގެ ހިޔާލު ހޯދުމަށް ފަހު އެއަށް އަމަލުކުރަން ފަށާނެކަމަށް ކައުންސިލުން ބުނެއެވެ.

  1. ލޯލި

    ކަމެއްކުރަންޔާ މާލޭގަ ތިކަން ކޮށްބަލަ. ބުޅަލުގެ އުދަގޫ އިންތިހާ ދަނީއެވެ.