ޚަބަރު ސިޔާސީ

"އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް، ބަލައެއް ނުގަންނަން: އެމްއެންޕީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މިއަދު އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއުން..ފޮޓޯ/އެމްއެންޕީ

އިދިކޮޅު ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ބޮޑު ޖަރީމާއެއް ކަމަށާއި އޭގައި ބައިވެރި ނުވާނެ ކަމަށް ދަނގެތީ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނާޒިމް ވިދާޅުވީ ރާއްޖޭގައި ބޭރު ގައުމުތަކުގެ ސިފައިން ތިބުމަށް ދިވެހިން ބޭނުން ނުވާތީ އެމްއެންޕީ ވެސް ތިބޭނީ އެ ގޮތުގައި ކަމަށެވެ.

ނަމަވެސް އިދިކޮޅު ކޯލިޝަނުން ފަށައިފައިވާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށާއި އެއީ ގައުމީ ކެމްޕެއިނެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ގައުމީ ކެމްޕެއިނެއް ނޫން. އެމްއެންޕީ ގަބޫލެއް ނުކުރަން އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ކެމްޕެއިން ކަމަށް. އެމްއެންޕީން އިލްތިމާސްކުރަން ރައްޔިތުން މީގައި ބައިވެރި ނުވާން،" ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވައިފައިވާ ނާޒިމް ވިދާޅުވީ އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި ކުރިން ރައީސްކަން ކުރައްވައިފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް އެމަނިކުފާނަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

Ads by Ooredoo
  1. އައިސް

    ސޯލިހުގެ ޕަޕެޓުން ނުބެލިޔަސް އޯކޭ

  2. މުންޖިޗޭ

    ހަތިޔާރު ބޯޓުތައް ރާއްޖެމަގުން ސިއްރުން އެތެރެކޮށްދިނުންވެސް ބަލައެއް ނުގަނެވޭ.

  3. އަހުސަނު

    މީދެން ކޮންބާކިޔަ. ބަލައި ނުގަންނަން

  4. ޢަވާމެނދުރު

    ކާކުތަބުނެެ ބަލާގަންނާށޭ ތިބާ ބަލާނުގަތަކަސް ބަލާގަންނަމީހުން ބަލާގަންނާނެ އޯކޭ ނަސީބެހނު ވެރިކަން ނުދެނޭސް ތިބާގެ ހިޔާލު އެގުނުކަން

  5. ާއއޢައޢްލޯ...

    ޚުރިންވެސް އުފެއްދިއިރުވެސް އެންމެންނައް އެނގޭ ތީ އިންޑިއާގެ އުފެއްދުމެއްކަން.. ވޯޓު ބައިބއަި ކުރަނ ނޫނީ އިބޫގެ ދެވަނަ އަނބިކަން.

  6. އިންޑިަ އައުޓު

    ސައިޒު އޮޅިގެން ނޫޅެބަލަ ތި މީގެ ކުރިން 2018 ގަ ވެސް އިންޑިއާ މުއްފަތުން ވެރިކަމަށް އަންނަން ރޭވި މީހެއް.

  7. ހުދުހުދު

    ސޯލިހު އަށް ބައިއަތު ހިފައިގެން 2023ގައި ޢޭނާ ވެރިކަމަށް ގެންނަން އުޅޭކަން އެނގޭ.އެތައް ޕްރޮޖެކްޓެއް އަމިއްލަ ކުންފުންޏަށް.ކޮއްކޮއަށް އެންމެބޮޑު އެއް ކުންފުނި އޮތީ ދީފައި.ވަގު އެއްބަސް ވުން ހަދައި ގައުމުގެ މިނިވަން ކަން ގެއްލޭ ގޮތަށް އޮތުމުން އެކަން ހުއްޓުވުމަށް ހިންގޭ ޙަރަކާތަކީ ގައުމީ ޙަރަކާތަކަށް ނުވޭތޯ؟ދިވެއްސެއްގެ ހައިސިއްޔަތުން ނާޒިމްއާ ސުވާލު ކުރަން.

  8. ބަލަ ކަލޭމެނަށް ވެސް އިންޑިޔާއިން ރިޝްވަތު ފައިސާ ލިބުނީތޯ ؟

  9. ޢަވާމެނދުރު

    ނާޒިމުމެންކަހަލަ.މީހުން.ބަލާނުގަތަކަސް މެޔެއްނުކަރާނެ ތިމީހުންބަލާގަތަސް ބަލާނުގަތަސް ވާނެކަމެތްނޯންނާނެ ގައުމުމިނިވަންކުރަންއުޅޭތީ.މީހުންގެތާއީދުލިބޭތީ ހިތްދަތިވެގެންނުތިއުޅެނީ ޔާމީނުގެއަބުރުކާން

  10. އަންނަނީ ހިނި

    ބަލައެއްނުގަންނާނަމޭ؟ ނާ ހަމަ ތެދެއް! މި ގައުމުގަ އެބައުޅޭތަ ކަލޭ ބަލައިގަންނަ މީހަކު؟