ޚަބަރު ސަރުކާރު

އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބުދަ ދުވަހު ބަންދުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ބުދަ ދުވަހު ބަންދުކުރުމަށް ނިންމައިފިއެވެ.

Ads by MWSC

މޯލްޑިިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނީ ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާތީ މިމަހުގެ 22ވާ ބުދަ ދުވަހު ހުޅުލޭ އިންޓަނޭޝަލް ޓަމިނަލްގެ އުތުރު ކަންކަމަތިން ފެށިގެން ކާގޯ ބިލްޑިންގެ ދެކުނު ކަންމައްޗާ ހަމައަށް އެއްގަމާއި ފަޅުތެރޭގެ ބައެއް ސަރަހައްދުތައް ވަކި ވަގުތުތަކެއްގައި ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެ ދުވަހު މެންދުރު 12:00އިން ހަވީރު 4:00އަށް އެ ސަރަޙައްދުގެ ފަޅުތެރެއަށް އެއްވެސް އުޅަނދެއް ވަދެނުކުތުމާއި ފަޅުތެރޭގައި ބޭއްވުން މަނާވާނެ ކަމަށެވެ. އަދި އެވަގުތު ކަނޑު އުޅަނދުފަހަރަށް ބޭނުންކުރެވޭނީ ހަމައެކަނި ހުޅުލޭގެ އެންމެ ދެކުނުގައިވާ ނެރުކަމަށް އެ ކުންފުނިން ބުންޏެވެ.

އަދި މެންދުރުފަހު 14:00އިން ހަވީރު 16:00އަށް މި ސަރަހައްދުގައި އެއްވެސް ބާވަތެއްގެ ވެހިކަލެއް ދުއްވުން މަނާވާނެއެވެ. އެހެން ނަމަވެސް މިވަގުތުތަކުގައި ފުލުހުންގެ އިރުޝާދާ އެއްގޮތަށް އިންޓަރނޭޝަނަލް ޓަރމިނަލްގެ އުތުރު ކަންމަތި (ބޮލިބުރު ކައިރިން) އާންމު އުޅަނދުފަހަރު އަނބުރައިލެވޭނެ ކަމަށް ކުންފުނިން ބުންޏެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!