Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދީނަށް ފުރައްސާރަކުރި ތިމަރަފުށީ އަންހެނާ ރަށުން ބާލައިފި

ދީނަށް ފުރައްސާރަކުރި ތިމަރަފުށީ އަންހެނާ ރަށުން ބާލައިފި

ﷲގެ ޒާތުފުޅަށް ބަދުބަސް ބުނެ ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ތ.ތިމަރަފުށީ އާމިނަތު ޝަހުދާ ރަށުން ބާލުވައިފިއެވެ.

"ދެން"އަށް މަޢުލޫމާތު ދެމުން ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހީމް ވިދާޅުވީ އާންމުން ނިކުމެ މުޒާހަރާ ކުރަން ފެށުމުން ފުލުހުންގެ ހިމާޔަތުގައި ރޭގެ ވަގުތެއްގައި އެ އަންހެން މީހާ ލާމު އަތޮޅަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ތިމަރަފުށިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ 27 އަހަރުގެ އަންހެނެއް ކަމަށާއި އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މައުލޫމާތު ލިބޭ ގޮތުގައި ޝަހުދާއަކީ މަސްތުވާތަކެތި ބޭނުންކުރާ އަންހެނެކެވެ.

ލަދެއް ހަޔާތެއް ނެތި ، ﷲގެ ޒާތަށް ނިސްބަތްކޮށް ވަރަށް ހުތުރު ވާހަކަތަކެއް ޝަހުދާ ދައްކާ ތަން ފެންނަ ވީޑިއޯއެއް ވެސް ދާދި ފަހުން ވަނީ އާންމުވެފައެވެ.

އޭނާ ވަނީ އެ ރަށުގެ އެކި ތަންތަނަށާއި މީހުންނަށް ވެސް ގެއްލުން ދީފައެވެ. މިކަމާ ގުޅިގެން ތިމަރަފުށިން ވާހަކަ ދެއްކި މީހަކު ބުނީ ޝަހުދާއަކީ އާންމު އުނދަގުލަކަށް ވެފައިވާ ކަމަށެވެ. މީގެ އިތުރުން ދީނަށް ފުރައްސާރަކޮށް އުޅޭއިރު ވެސް މިނިވަންކަމާ އެކު އޭނާ އުޅޭކަމީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް