ޚަބަރު

ރައީސް ޔާމީނަށް އިންޑިއާ އައުޓް ޖަހައިގެން ނުހިނގޭނެ، ފުލުހުން އެކަން ހުއްޓުވަން ޖެހޭ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް "އިންޑިއާ އައުޓް"އެކޭ ނުބުނެވޭނެ ކަމަށާއި އެކަން ދިވެހި ފުލުހުން ހުއްޓުވަން ޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އެމްޑީޕީއިން މިއަދު މާލެ ސިޓީގެ ދާއިރާގެ އެމްޑީޕީގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓް ހަރަކާތަކީ، ޤާނޫނާ ޚިލާފު ހަރަކާތެއް ކަމަށާއި އެކަން ދިވެހި ފުލުހުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބޭ ތިބުމާ ދެކޮޅަށް ފުރަތަމަ ޚިޔާލު ފާޅު ކުރަން ފެށީ ސޯޝަލް މީޑިއާގައެވެ. އެއާ އެކު، އެ ހަރަކާތަކީ، "ބޮޓުން"ތަކެއް ހިންގާ ހަކަރާތެއް ކަމަށް ސަރުކާރުގެ އިސް ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. ރައީސް ޔާމީން ޖަލުން މިނިވަންވެ، ވަޑައިގަތުމަށް ފަހު ފުރަތަމަ ބޭއްވި ޖަލްސާގައި، އިންޑިއާ އައުޓް ހަރަކާތަކީ ސީދާ ރައީސް ޔާމީންގެ އިރުޝާދުގެ ދަށުން ހިންގަވާ ހަރަކާތެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިނިވަންވެ ވަޑައިގަތުމާ އެކު، އެ ހަރަކާތް އިތުރަށް ފުޅާ ކުރުމަށް ރާއްޖޭގެ ރަށްތަކަށް ދަތުރުފުޅުތައް ވަނީ ފައްޓަވައިފައެވެ. މިދިޔަ ހަފްތާގައި، ކ، އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވިއިރު، "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝާޓެއް ރައީސް ޔާމީން ވަނީ ތުރުކުރައްވައިފައެވެ.

މިކަމަށް އިޝާރާތް ކުރައްވާ މިއަދު ރައީސް ނަޝީދު ވިދާޅުވީ، އެގޮތަށް ރައީސް ޔާމީނަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.

"ތަހްޒީބު އެއްވެސް ޤައުމެއްގައި މިކަމެއް ނުހިނގާނެ. ރައީސް ޔާމީނަކަށް އިންޑިއާ އައުޓް ޖައްސަވައިގެން ބޭރަށް ނުކުމެ، ގޮވަމަކުންނެއް ނުހިންގެވޭނެ. އެއީ ދިވެހި ފުލުހުން ހުއްޓުވަން ޖެހޭނެ ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅަކު، މޭ މަތީގައި ވަކި ޤައުމަކަށް ނިސްބަތްކޮށް، ބޭރުވުމަށް ގޮވުމަކީ ހުތުރު ކަމެއް ކަމަށާއި، އެއީ ރާއްޖޭގެ މަސްލަތާއި ޚިލާފު ކަމެއް ކަމަށެވެ. ނަޝީދު ވިދާޅުވީ، އެގޮތަށް އެކަން ވިޔަ ދީގެން ނުވާނެ ކަމަށާއި ފުލުހުން އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މިދިޔަ ހުކުރު ދުވަހު އިދިކޮޅުން "އިންޑިއާ އައުޓް"ގެ ނަމުގައި ރޭވި ސައިކަލު ބުރަށް ފުލުހުން ވަނީ ހުރަސް އަޅައިފައެވެ. ފުލުހުން އޭރު ވިދާޅުވީ، ސައިކަލު ބުރަށް ޖާގަ ނުދިނީ، އާއްމު މަސްލަހަތަށް ބުރުއަރާނެ ފަދަ ކަންތައްތަކެއް ސައިކަލު ބުރުގެ ތެރެއިން ރޭވިފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް ފުޅާ ކުރުމަށް މިއަންނަ ހަފްތާގައި ފ. އަތޮޅަށް ދަތުރު ކުރުމަށް އިދިކޮޅުން ވަނީ ރާވައިފައެވެ.

Ads by HDC
  1. ޖާނޭ

    ޥަރަށް ހިތަށް ތަދުވެއްޖެދޯ. ބަލަގަ މިޤައުމަކި ނަޝީދުގެ އެކަނި ޤައުމެއް ނޫނޭ. މިއީ ހުރިހާ ދިވެހީންގެ ޤައުމެކޭ. މިއީ އިންޑިއާގެ ޖަންކް ޔާޑެއް ނޫނެ.

  2. ހިގާނެ

    ކަލޭތީކާކުމީިުންއުޅޭންވާގޮތްބުނެދޭން

  3. ކަލޭ ޔައް ކޮން ކަމެއް އަނި

  4. އޮޅުވާލިވޯޓު

    އަންނި ކަލެޔަކަނޭގޭނެ ކަލޭތީކާކު ކަލޭމެން މިހާރު މިވަނީ މާތާމާރީ ހިންގުމައްވެސްހުއްދަދީފަ އަހަރުމެން ކިޔާނަން މިކަމެނުހުއްޓުވޭނެ ނުހުއްޓާނަން

  5. ބުއްޅަބެ

    ޗަކޮއި! ކަލެއަކީ ކާކު؟ ބާވެގެން އުކާލާ ފައިވާނެކޭވެސް އަހަރުމެން ހިތަކަށް ނާރާ. ހަމަ އިންޑިއާ އައުޓް. އަސަރެއްކޮށްލާނީ.