ޚަބަރު

ޔޫޓީއެފް އެއްބަސްވުން އަދާލަތަށް ފެނިފައެއް ނުވާނެ، ބަޔާނަކީ އިންޑިއަން ހައި ކޮމިޝަނުގެ އެންގުމެއް: ސަޢީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު -- ދެން އިމޭޖްސް/މުޙައްމަދު އަރީޙް

ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން "އިންޑިއާ އައުޓް"އާ ދެކޮޅަށް ނެރެފައިވާ ބަޔާނަކީ އިންޑިއަން ހައިކޮމިޝަނުން އަންގައިގެން ނެރެފައިވާ ބަޔާނެއް ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަދާލަތު ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ، "އިންޑިއާ އައުޓް" ކެންޕެއިނަކީ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ރައްޔިތުންގެ ޝުއޫރުތަކާ ކުޅެން ރާވައި ހިންގަމުން އަންނަ ކެންޕެއިނެއް ކަމަށެވެ.

މި ބަޔާނަށް ރައްދު ދެއްވަމުން މިއަދު ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ހައިކޮމިޝަންގެ އެންގުމަށް ސަރުކާރު ކޯލިޝަންގެ ޕާޓީގެ ލެޓަރހެޑްތަކުގައި ބަޔާން ނެރެމުން އަންނަ ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް އިންޑިއާއާ އެކު ރާއްޖޭގެ ސަރުކާރުން ހަދާފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުން ނުފެންނާނެ ކަމަށް ވިދާޅުވަމުން، ސައީދު ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުން ހަދައިފައި ވަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ.

ރައްޔިތުން މިއަދު އަޑު އުފުލަމުން ދަނީ، އިންޑިއާގެ ސިފައިން ރާއްޖެއިން ފޭބުމަށް ކަމަށާއި، އިންޑިއާއާ އެކު ހަދައިފައިވާ ހައިޑްރޯގްރަފީގެ އެއްބަސްވުން ވެސް ގޯސް ކަމަށް އިކޮނޮމިކް މިނިސްޓަރކަން ކުރީން ކުރެއްވި މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.

ރައީސް ރާމީން މިނިވަންވެ ވަޑައިގަތުމާ އެކު، "އިންޑިއާ އައުޓް" ކެންޕެއިން ވަނީ ވަރުގަދަކޮށްފައެވެ. މިއާ އެކު، ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައްދަނީ އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.

  1. ފިފެންމާ ސައީދު ކަލޭ ބުނެދީިބަލަ ރާއްޖޭގެ އެންމެން މުއްސަދިވާނެ ދުވަހެއް ތިހާ މޮޅު މީހެއްވިއްޔާ އަދާލަތް ޕާޓީ ގެ ކަމެއް ޕޕގެ ފިނިފެންމާސައީދުއައް އެންމެރަގަޅައްއެގޭނީ

  2. ސަައީދު ހަމަ ބެސްޓް

    ސައީދު އެބުނިބަސް ތެދުހެން ވަރަށް ހީވޭ