ޚަބަރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ބިމެއް ވިއްކަން ހުޅުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުޅުމާލެ މަތިން ނަގާފައިވާ ފޮޓޯއެއް.. ދެން އިމޭޖްސް

ބީލަމުގެ އުސޫލުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދިރިއުޅުމަށް ގޯތި ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހުޅުވައިލައިފިއެވެ.

Ads by Hajj Corporation

ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ވިއްކުމަށް ހަމަޖެހިފައި ވަނީ، 1،603.07 އަކަފޫޓާއި، 2،633.82 އަކަފޫޓާ ދެމެދުގެ، ޖުމްލަ 60 ބިމެވެ.

އެޗްޑީސީން ބުނީ ބީލަމަށް އެދޭ ފޯމު ވިއްކާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ 31ގެ ނިޔަލަށް [email protected]އަށް މެއިލް ކުރާ މީހުންނަށް ކަމަށެވެ. އަދި ފެބްރުއަރީ ތިންވަނަ ދުވަހުގެ ހަވީރު 3:30ގެ ކުރިން އެ މެއިލް މެދުވެރިކޮށް އެކަމުގެ މައުލޫމާތު ސާފުކުރެވޭނެއެވެ.

ދޫކުރާ ގޯތިތަކުގެ ތެރެއިން ބީޗް ފްރަންޓުން ކަނޑައެޅިފައިވާ ބިންތަކަށް އެދި ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 09 ފެބްރުއަރީ 2022ވާ ބުދަ ދުވަހުއެވެ. އަދި ބީޗް ސައިޑުން ކަނޑައެޅިފައިވާ ބިންތަކަށް ބީލަން ފޯމު ހުށަހެޅުމަށް ހަމަޖެހިފައި ވަނީ 16 ފެބްރުއަރީ 2022 ވާ ބުދަ ދުވަހުއެވެ.

މި ދެ ބާވަތުގެ ބިންތަކަށް ވެސް ހުށަހަޅާ ބީލަމުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 320،000 (ތިން ލައްކަ ވިހި ހާސް) ރުފިޔާ ދައްކަންޖެހޭނެއެވެ.

Ads by Ooredoo
  1. ހިޔާލު

    އަނެކާތިޔަބިމުންއިންޗިއެއްވެސްދިވެހިރަށްޔެތުންނަށްލިބޭނެބާ