ޚަބަރު

ސޭފްޓީ ކަލްޗަރ ވޯރކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޕޯޓު ސޭފްޓީވީކްގެ ތެރެއިން ފުރަތަމަ ކުރިޔަށް ގެންދިޔަ "ސޭފްޓީ ކަލްޗަރ އަވެއަރނެސް ވޯރކްޝޮޕް"ގެ ބައިވެރިންނަށް ވޯރކްޝޮޕް ނިންމިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

Ads by MWSC

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވޯރކްޝޮޕް ފުރިހަމަ ކުރި 36 ބައިވެރިންނަށް ހޯމަ ދުވަހު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެ ކުންފުނީގެ އެސިސްޓެން ޖެނެރަލް މެނޭޖަރ މުހައްމަދު މަހުޖޫބުއެވެ.

ހަފްތާއެއްގެ މުއްދަތަށް އެ ކުންފުނިން ކުރިޔަށް ގެންދިޔަ ސޭފްޓީވީކްގެ ފުރަތަމަ ވޯރކްޝޮޕް ނިމިފައިވާއިރު، ހުރިހާ ބައިވެރިންނަށް ވެސް ސޭފްޓީ ކަލްޗަރއާ ބެހޭ ގޮތުންނާއި ކްރައިމް ޕްރެވެންޝަން މައުލޫއަށް އަލިއަޅުވައި މައުލޫމާތު ދީފައެވެ.

މީގެ އިތުރުން، ކެމިކަލް އަދި އައި.އެމް.ޑީ.ޖީއާ ބެހޭ ގޮތުން މައުލޫމާތު ދީފައިވާ އިރު، މޫސުމާ ގުޅިގެން ދިމާވާ ކާރިސާތަކާ ބެހޭ މައުލޫމާތު ވެސް ވަނީ ދީފައެވެ.

ވޯރކްޝޮޕްގެ ބައިވެރިންނަށް މައުލޫމާތު ދީ އަހުލުވެރިކުރުމަށް ސެޝަންތައް ހިންގުމަށް ޓަކައި، ދިވެހި ފުލުހުންގެ ހިދުމަތާއި، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާގެ ބޭފުޅުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. މީގެ އިތުރުން، ކުންފުނިތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅައިފައިވާ ފިޔަވަޅުތައް ބަލައިލުމަށް ޓަކައި އެންސިސް ފިޝަރީޒްއަށް ވޯރކްޝޮޕްގެ ބައިވެރިން ވަނީ ގޮސްފައެވެ.

މީގެއިތުރުން، ސައިބަރ ސެކިއުރިޓީއާ ގުޅިގެން މައުލޫމާތާއި ، ޓީމް ބިލްޑިންގ އެކްޓިވިޓީސްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ސޭފްޓީވީކްގެ އިތުރު، ވޯރކްޝޮޕްތަކެއް މި ހަފްތާ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ފަރސްޓް އެއިޑް ޓްރެއިނިނގް ކުންފުނީގެ އެކި މުވައްޒަފުންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ފަރާތުން ބާއްވާ އެވައަރނެސް ސެޝަނަކާއި، އެކްސިޑެންޓް އެންޑް އިންސިޑެންޓް އެވަރނެސް ސެޝަނެއްގެ އިތުރުން ސްޓްރެސް މެނޭޖްމަންޓް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

2019ވަނަ އަހަރުން ފެށިގެން އެމްޕީއެލްއިން ސޭފްޓީ ވީކް ފާހަގަކުރުމުގެ ބޭނުމަކީ މަސައްކަތުގެ މާހައުލުގައި އުޅޭ އިރު ސަލާމަތާއި ރައްކާތެރިކަމަށް ހުރިހާ އެންމެން ވެސް ހޭލުންތެރިކޮށް އިސްކަންދޭ ސަގާފަތެއް އާލާކުރުމުވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!