ރަޖްނީކާންތު ފައުންޑޭޝަން އިފްތިތާހުކޮށްފި

ދެކުނުގެ މެގަ ސްޓާރ ރަޖްނީކާންތުގެ ދަރުމަވެރި މަސައްކަތް ، ރަޖްނީ ކާންތު ފައުންޑޭޝަން ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.
މި ފައުންޑޭޝަންގެ ދަށުން މި ސްކީމުން 100 ދަރިވަރުންގެ ކިޔެވުމަށް ފަންޑު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެ އިދާރާގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ އެ ފައުންޑޭޝަނަކީ އިންޑިއަން ސިނަމާގެ ސުޕަސްޓާ ޕަދްމާ ވިބޫޝަން ރަޖްނީކާންތު ފެއްޓެވި، ފަގީރުންނާއި ނިކަމެތިންނަށް ތައުލީމު ހޯދައިދިނުމަށް އެހީތެރިވެދިނުމުގެ ބޭނުމުގައި، އެމްޕަތެޓިކް ގަވަނަންސް، ޕްރޮގްރެސިވް ތިންކިން، ލީޑާޝިޕް އެކްސެލެންސް، ސައިންޓިފިކް ޓެމްޕަރ، ޑިމޮކްރަޓައިޒްޑް އެޑިއުކޭޝަން އަދި ސަސްޓެއިނަބަލް އިކޮނޮމިކް ސިސްޓަމެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް އުފެއްދުމަށް ބޭނުން ކުރައްވާ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށް ފެއްޓެވި ފައުންޑޭޝަނެއް ކަމަށެވެ.
ރަޖްނީކާންތު މަސަތްކަތުގެ މައިދާނުން ފެނިގެން ގޮސްފައިވަނީ ފިލްމު "އަންނާތު"އިންނެވެ. ދެން ލަފާ ކުރެވެނީ ނެލްސަން ދިލިޕްކުމާރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ތަލައިވަރު 169"އިން އޭނާ ފެނިގެންދާނެ ކަމަށެވެ.