ޚަބަރު

ކޮމަންޑޫ ދާއިރާގެ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރާނެ: އެމްޑީޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އެމްޑީޕީއިން ބޮޑު ތަނުން ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.

Ads by Hajj Corporation

ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ބައިި-އިލެކްޝަން އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ފޯމު އިލެކްޝަން ކޮމިޝަނާ ހަވާލު ކުރެއްވުމަށް ފަހު މީޑިއާތަކާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވިދާޅުވީ، މި އިންތިޚާބަކީ އަނެއްކާ ވެސް ވެރިކަން ކުރާ ޕާޓީން ބޮޑުތަކުން ކާމިޔާބު ކުރާނެ އިންތިޚާބެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ، އިންތިޚާބު ކާމިޔާބު ކުރަން ކުރަން ޖެހުނު ހުރިހާ ކަމެއް އެމްޑީޕީން ކުރާނެ ކަމަށާއި އިންތިޚާބު ރަސްމީކޮށް ލޯންޗް ކުރުން ވެސް އޮންނާނެ ކަމަށެވެ.

"ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް މި ޕާޓީން ކުރާނެ. މި އިންތިހާބު އަދި ރަސްމީކޮށް ލޯންޗު ވެސް ކުރާނެ" ޝިފާޒް ވިދާޅުވިއެވެ.

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ 332 ވޯޓްގެ ތަފާތަކުންނެވެ. އެފަހަރު އޭނާއާއި އެންމެ ވާދަކުރީ ޕީއެންސީގެ ކެނޑިޑޭޓް އިބްރާހިމް ރަޝީދެވެ.

އެމްޑީޕީގެ އިތުރުން، ޕީޕީއެމް އަދި އެމްއެންޕީން މި އިންތިޚާބުގައި ބައިވެރިވެއެވެ.

  1. މިންވަރު

    ތިހާކިބުރުވެރިކަމާއިއެކުު އެހެންމީހުންް ނިކަމެތިވާގޮތައްް ވާހަކަދައްކަނިކޮއްް ﷲގެެ ނިންމެވުންް ތިއާތަފާތުކޮއްް ނިންމަވައިފިނަމަަ

  2. ގާދިރު

    ސިފާޒު ކަލޯ ކަލޭމެން އެމްޑީީޕީ އަކަށް ކާމިޔާބު ވާނެ އިންތިހާބެއް މި ރާއްޖެއަކު ނެތް