ދީން ދުނިޔެ

ދެ ހަރަމް ކައިރީ އަނެއްކާ ވެސް ގައިދުރުކުރަން މަޖުބޫރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މައްކާގެ މާތްވެގެންވާ މަސްޖިދުލް ހަރަމްއާއި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން މަޖުބޫރުވާނެކަމަށް އެ ދެ މިސްކިތުގެ ޖެނެރަލް ޕްރެޒިޑެންސީ ފޮރ ދަ އެފެއާޒްއިން ބުނެފިއެވެ.

Ads by Hajj Corporation
Ads by Sosun Fihaara

އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ އުމްރާވެރިންނާއި އަޅުކަން ކުރާ މީހުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ނިންމައިފައި ވަނީ، އުމްރާވެރިންގެ ސިއްހީ ރައްކާތެރިކަމަށާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކަމަށެވެ. އަދި ތަވާފް ކުރާއިރުއާއި ނަމާދުގެ އަޅުކަން އަދާކުރުމުގައި ވެސް ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް އަލުން އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ދެ މިސްކިތުގައި ޒިޔާރަތްކުރާ މީހުންނާއި މަސައްކަތްތެރިން، މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިތުރުން، އީޓްމާރްނާއާއި ތަވަކްކަލްނާ އެޕްލިކޭޝަންތަކުން ދޫކޮށްފައިވާ އުމްރާއާއި ނަމާދު ހުއްދައިގެ ދަށުން ހުއްދަ ދީފައިވާ ވަގުތުގެ މައްޗަށް ބިނާކޮށް، އެތެރެވެވޭ ވަގުތަށް އަހުލުވެރިވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ދެ މިސްކިތުގައި ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ފުރިހަމައަށް ބޯލަނބައި ކިޔަމަންވުމަށް ވެސް ވަނީ އަންގައިފައެވެ.

މީގެ އިތުރުން އޮމިކްރޮން ވޭރިއަންޓް ފެތުރުން ހުއްޓުވަން މާސްކު އެޅުމާއި ގައިދުރުކަން ދެމެހެއްޓުމަށް ޓަކައި، ގެއިން ބޭރަށް ނިކުތުމާއި، ގެއިން ބޭރުގައި ގައިދުރުކަން ބެހެއްޓުމުގެ ފިޔަވަޅުތައް އަލުން އަޅަން އެގައުމުގެ ދާޚިލީ ވުޒާރާއިން ބުދަ ދުވަހު ވަނީ ނިންމައިފިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!