2އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އަނުޝްކާ އަނެއްކާ ވެސް ސްކްރީނަަށް

ތިން އަހަރެއްހައި ދުވަސްފަހުން ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އެނބުރި ފިލްމުތަކަށް އަންނަން އުޅޭ ކަމަށް ބޭރުގެ ހަބަރުތަކުން ބުނެފިއެވެ.
އަނުޝްކާ ޝަރްމާ ބޮލީވުޑްގެ ބޮޑު 3 ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ހަބަރުތަކުން ބުނެއެވެ. އޭގެ ތެރެއިން ދެ ފިލްމަކީ ތިއޭޓަރ ރިލީސްކުރާ ދެ ފިލްމަށްވާ އިރު އެއް ފިލްމަކީ އޯޓީޓީ އޮރިޖިނަލް ފިލްމެކެވެ. އޯޓީޓީގައި ރިލީޒްކުރާ އަނުޝްކާ ޝަރްމާގެ މި ފިލްމު ވެގެންދާނީ އިންޑިއާގައި ޑިޖިޓަލް ޕްލެޓްފޯމަކަށް ހަދާ އެންމެ ބޮޑު ފިލްމަށެވެ.
އަނުޝްކާ އެންމެ ފަހުން ކުޅުނު ފިލްމަކީ ޝާހް ރުކް ޚާންއާއި ކެޓްރީނާ ކައިފް އެކުގައި ކުޅުނު ޒީރޯއެވެ. އަދި އަންގްރޭޒީ މީޑިއަމް (2020)ގެ ޕްރޮމޯ ލަވަ "ކުޑީ ނު ނަޗްނޭ ދޭ"އިން ވެސް އޭނާ ފެނިގެން ދިޔައެވެ.
މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އަނުޝްކާގެ ކައިވެންޏަށް ވަނީ މި އަހަރު ކުރީކޮޅު އަންހެން ކުއްޖަކު ލިބިފައެވެ.