މިސްރުގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ނިޔާވެއްޖެ

މިސްރުގެ ގާހިރާގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ މިންހާޖު އީސާ ކިޔާ 19 އަހަރުގެ ފިރިހެނެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ނިޔާވީ ރޭގެ ވަގުތެއްގައެވެ. އަދި ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ފެން ވަރަން ވަން ފަހުން ޚަބަރެއް ނުވެ ގިނައިރުވެ ކޮބައިތޯ ބެލުމުން ކަމަށެވެ.
މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون
انالله واناالیه راجعون