ޝާހުރުކްޚާންގެ"ޕަތަންގް" ރިލީޒްކުރުން އަނެއްކާ ވެސް ލަސްވެއްޖެ

ޝާހުރުކްޚާންގެ ކުރިއަށް އޮތް ފިލްމު "ޕަތަންގް" ރިލީޒްކުރުން އަނެއްކާ ވެސް ލަސްވެއްޖެއެވެ.
ސިދްހާތު އާނަންދް ޑައިރެކްޓްކުރާ މި ފިލްމުގައި ދީޕިކާ ޕަދުކޯންއާއި ޖޯން އަބްރަހަމް ވެސް މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.
ފްރީ ޕްރެސް ޖާނަލްގެ ރިޕޯޓްތައް ބުނާ ގޮތުން ޝާހްރުކް ޚާން ލީޑްރޯލުން ފެނިގެންދާ ޕަތަންއަށް ބޮޑު ހުރަހެއް ކުރިމަތިވެފައި ވަނީ އެންމެ ފަހުގެ ވޭރިއަންޓް އޮމިކްރޮންގެ ސަބަބުން ސްޕެއިންގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީއެވެ. އެ ޓީމު އެންމެ ފުރަތަމަ އޮކްޓޯބަރު މަހު ޝޫޓް ކުރަން ރާވައިފައި އޮތް ނަމަވެސް އެސްއާރްކޭގެ އަމިއްލަ ކަންކަމާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް ޝޫޓިންތައް ވަނީ ފަސްކޮށްފައެވެ.
ޕަތަން މޭކަރުން ވަނީ ޝާހްރުކް ޚާންއާއި ދީޕިކާ ޕަދުކޯންއާ މަޝްވަރާ ކުރުމަށް ފަހު އަންނަ ފެބްރުއަރީ މަހަށް ފިލްމު ޝެޑިއުލް ކުރުމަށް ވިސްނަމުން އަންނަ ކަމަށާއި ފިލްމުގައި އެ ދެ މީހުންގެ ލަވަތަކާއި ބައެއް އިތުރު ބައިތައް ތިން ހަފުތާގެ ތެރޭގައި ޝޫޓް ކުރަން ނިންމައިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ވައިއާރްއެފް ފިލްމްގެ އިތުރުން ޝާރުކް ހާން ވަނީ އަޓްލީ ކުމާރުގެ "ނަޔަންތާރާ"އާއި "ސަންޔާ މަލްހޯތުރާ" އާއި "ރާނާ ދަގުބަތީ"އާއި "ސުނިލް ގްރޯވަރ"އާއި "ޕްރިޔާމާނީ" ގެ އިތުރުން އެހެން ބައެއް ފިލްމުތަކުގެ ޝޫޓިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ.