ޞިއްޙީ ދާއިރާގެ އިދާރީ މުވައްޒަފުން ގިނަ މަސައްކަތްތައް ކުރާ ގޮަތަށް ބަދަލުކޮށްފި
ހުރިހާ އަތޮޅެއްގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މަސައްކަތް ކުރާ މުވައްޒިފުންގެ މަގާމުގެ ނަން އެއް ނަމަކަށް ބަދަލުކޮށް އިދާރީ ހުރިހާ މުވައްޒަފުން މަލްޓި ޓާސްކްކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އަތޮޅު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތަކުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމީ މިދިޔަ އަހަރުގެ މާޗް މަހުގެ 14ގައެވެ. ނަމަވެސް އެ ނިންމުން ތަންފީޒު ކުރަން ފަށައިފައި ވަނީ މި އަހަރުން ފެށިގެންނެވެ.
ހެލްތު މިނިސްޓްރީގެ އެ ނިންމުމާ ގުޅިގެން ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ހެލްތު ޕޯސްޓްތަކުގެ ހުރިހާ އިދާރީ މުވައްޒަފުން މީގެ ފަހުން މަސައްކަތް ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ ގޮތުގައެވެ.
ހެލްތު މިނިސްޓްރީން ގެނައި މި ބަދަަލާ ގުޅިގެން އޮންލައިން ނޫހަކަަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ފާތިމަތު ޝޫބާ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މަގާމުތަކަށް މީގެ ފަހުން މުވައްޒަފުން ހޯދަން އިއުލާން ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ ގޮތުގައި ކަމަށެވެ.
ޝޫބާ އިތުރަށް ވިދާޅުވީ، މިނިސްޓްރީން މިބަދަލު ގެނައި ނަމަވެސް ހިދުމަތުގައި މިހާރު ތިބި އެއްވެސް މުވައްޒަފެއްގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ފުރަތަމަ ޑިސެމްބަރ މަހުގެ މުސާރަ ވެސ ޖަމާ ނުކުރޭ
މަގާމުތަށް ހަދާއިރު