ޚަބަރު

ގެއްލުނު ދޯނީގެ ބައެއް ތަކެތި އޮޔާދަނިކޮށް ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަޑިއަށް ގޮސްގެން ގެއްލުނު ދޯނީގެ ތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް އޮޔާ ދަނިކޮށް ފެނިއްޖެއެވެ.

Ads by STELCO

އެމްއެންޑީއެފްއިން ވިދާޅުވީ ގެއްލިގެން ހޯދަމުންދާ "އަލަމާ 5" ދޯނިން ކަނޑަށް ދޫވެ އޮޔާދާކަމަށް ބެލެވޭ ސާމާނުތަކެއް ފ.އަތޮޅުގެ އުތުރުން 1 ނޯޓިކަލް މޭލު ބޭރުން، އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށެވެ.

ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި "އަލަމާ-05" ނަމަކަށް ކިޔާ އެ ދޯނި ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފައި ވަނީ ޖަނަވަރީ 3ވަނަ ދުވަހުގެރޭ 23:22 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުންނެވެ. އަދި މިދޯނި ދަތުރު ކުރަމުން ދިޔައީ، ފ. ފީއަލީ ކައިރިން ފާނަ މަސްވެރިކަމުގައި އުޅޭ ދޯނިފަހަރުން ފާނަ ގަނެގެން މާލެއަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މި އުޅަނދާއި އުޅަނދުގައި ތިބި މީހުން ހޯދުމަށް ޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

Ads by Allied Insurance
  1. ޙިސާނު

    ޢެ ދޯނި ގެޢްލުނީ ސިފައިންގެ ފަރުވާ ކުޑަކަމުން އެމީހުން ދިޔައީ ހެދުނުގަ.ވެރި މީހާ ބުނި