ޚަބަރު

ލާދީނީ މީހެއްކަމުގެ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމަށް އުންމީދުކުރަން: ރައީސް ނަޝީދު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ލާދީނީ މީހެއް ކަމަަށް ބުނެ ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޣައިރު ދީންތަކުގެ ޝިއާރުތައް ރައީސް ނަޝީދު ފަތުރާ ކަމަށް ބުނެ "ރައްޔިތުންގެ އިއްތިހާދު" އިން ފުލުހަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ އެމަނިކުފާނު މިއަދު ވަނީ މަޖިލިސް އިދާރާ މެދުވެރިކޮށް ބަޔާނެއް ނެރުއްވައިފައެވެ.

އެ ބަޔާނުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ޙަރަކާތްތެރިވާ ސިޔާސީ ފަރާތްތަކުން ދޭ ބަހުގެ ޙަމަލާތަކާއި، މީޑިޔާގެ ރިޕޯޓުތަކުގައި، އެމަނިކުފާނަކީ އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފަށް އުޅޭ ބޭފުޅެއްގެ ގޮތުގައި ތަޞައްވުރެއް ކުރަހަން މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ ކަމަށެވެ. އަދި ސިޔާސީ މަސްރަހުގައި، މިފަދަ ބަސްމަގުން އެމަނިކުފާނުގެ ޒާތަށް ކުޑައިމީސް ބަސް ރައްދުކުރުމަކީ، އެ ފަދަ ތައުހީނަކާ ނުލައި ސިޔާސީ ބަހުސެއް ނުކުރެވޭ ދަރަޖައަށް ގޮސްފައިވާ ކަމެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެ މަނިކުފާނާ ދެކޮޅަށް އެއްލާ އެތިފަހަރުތަކުގެ ބަސްމަގު، ހަރުކަށި ފިކުރުގެ މީހުން ހިތާވާ ރާގަށް އަނބުރަމުން ދާތީ ކަންބޮޑުވާތާ ދުވަސްކޮޅެއް ވެއްޖެ \ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އެފަދަ ވާހަކަތައް އިންތިހާއަށް ނުރައްކާތެރި ވެފައި، އޭގެ ހަމައެކަނި މަޤްޞަދަކީ އެމަނިކުފާނުގެ ޖާނަށް ނުރައްކާ ދިނުން ކަމަަށްވާތީ ލާދީނީ މީހެއްކަމަށް ބުނެ، ފަތުރާ އިލްޒާމުތަކަށް ފިޔަވަޅު އަޅާނެކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.

ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހަށް ހުށަހެޅި ސިޓީއެއްގައި ބުނެފައި ވަނީ 2020ވަނަ އަހަރު ރައީސް ނަޝީދު ކްރިސްމަސްގެ ތަހުނިޔާ ފާޅުގައި ދިވެހިންނަށް ފޮނުވައިފައިވާ ކަމަށާއި އަދި މިދިޔަ އަހަރު ވެސް އަނެއްކާ ކްރިސްމަސްގެ ތަހުނިޔާ ކިޔުން ތަކުރާރުކޮށް ފޮޓޯ އާންމު ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އަލުން ހުށަހަޅާ ކަމަށް އެ އިއްތިހާދުން ބުނެފައިވެއެވެ.

Ads by Ooredoo
  1. ހުދުހުދު

    ތި ތަހުނިޔާ އިހަށް ބާއްވާފައި ޑެންމާކްގައި ﷲ އަށް ގޮންޖަހައި ރަސޫލާ(ޞޢވ) އަށް ފުރައްސާރަ ކުރި މަސްއަލަ ތިޔަބުނާ އިއްތިޙާދަކުން ހުށަ ނުހެޅީ ކޮން އެއްޗެއް ހަނދާން ވެގެންބާ؟

  2. ޖާނޭ

    ޔާﷲ! މިނަޝީދަކީ ނުބައިކަން ބޮޑު ޝައިޠާނެކެވެ. މީނަގެ ނުބައިކަމުން ދިވެހީން ސަލާމަތް ކުރައްވާށި. މީނާގެ އަނގަ މަޑުކުރައްވާށި.

  3. ޢަވާމެނދުރު

    މަށްސަލަނިމޭއިރު ޖަލަޢްދާގޮތައް ހަމަޖެހޭނީ މައްސަލަޖެއްސިމޭހުން ބަލަެްހުންނަށްޗެ

  4. އިބްނ އަހުމަދު

    ދުލުގ ގޮށްޖައްސަވާނދޭ