ނުކިޔަވާ ތިބި މީހުން މަޖިލީހަށް އިންތިޚާބު ކުރުމުގެ ނަތީޖާ މިދަނީ ފެންނަމުން: ނާޒިމް
ނުކިޔަވާ ތިބި މީހުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ކުރުމުގެ ނަތީޖާ މިއަދު ފެންނަމުން އަންނަ ކަމަށާއި، ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި މިކަމަށް ވިސްނެވުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކޮމަންޑޫ ދާއިރާއަށް އެމްއެންޕީގެ ޓިކެޓްގައި ވާދަކުރާ ޢަބްދުލް ޙަންނާންގެ ކެމްޕެއިން ފެށުމުގެ ގޮތުން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ދަނގެތި ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ، އެންމެންޕީއިން މި ދާއިރާއަށް ނެރެފައި ވަނީ ތައުލީމީ ކެނޑިޑޭޓެއް ކަމަށާއި ރައްޔިތުންގެ ބަސް އިއްވުމުގައި ހަންނާނު ހުންނަވާނީ ކުރީ ސަފުގައި ކަމަށެވެ.
ނާޒިމްގެ ވާހަކަފުޅުގައި ސަރުކާރަށް ވަރަށް ބޮޑަށް ވަނީ ފާޑު ވިދާޅުފައެވެ. މިގޮތުން ކޮމަންޑޫ ދާއިރާއަށް އަލިއަޅުވައިލަމުން ވިދާޅުވީ، ސަރުކާރުން މި ދާއިރާގައި ބައެއް މަޝްރޫއުތައް ފަށައިފައިވާ ކަމަށާއި އެހެން ނަމަވެސް، ސަރުކާރުގެ ދުވެލި ވަރަށް ދަށް ކަމަށެވެ.
"މި ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް އޮތް. އެެއާޕޯޓް އުއްމީދެއް އޮތް. އެހެން ނަމަވެސް ކިހިނެތް ތޯވީ. ހެނދުނު ހޭލިއިރު އެއާޕޯޓް ގެއްލުނީ. އެއާޕޯޓެއް ނެތް. އެއާޕޯޓް އައުމުގެ އުއްމީދު ގެއްލިއްޖެ،" ނާޒިމް ވިދާޅުވީ ކޮމަންޑޫ ދާއިރާގައި ހިމެނޭ އެންމެ ބޮޑު ރަށް ކަމުގައިވާ ކޮމަންޑޫގެ ބިން ހިއްކި ފަހުން އެތައް އަހަރެއްވީ ނަމަވެސް ރައްޔިތުންނަށް ބޯހިޔާވަހިކަން ހަމަޖެއްސުމަށް ގޯތި ދޫކޮށްފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ކޮމަންޑޫގެ އެތައް ރައްޔިތަކު މާލެއަށް މިހާރު ހިޖުރަކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ދެން ސަރުކާރުން ދެއްކި ހުވަފެނަކީ މަތިކޮމަންޑޫ ބުރިޖުން ގުޅާލުން، މަތި ކޮމަންޑޫ ހިއްކާލުން. މިކަހަލަ ބައިވަރު ވާހަކަތައް ދެކެވެނީ. އެކަމު ހަމަ ވީކަމެއް ނެތް،"
ނާޒިމްގެ ވާހަަކަފުޅުގައި އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒެއް ނެތުމުން ކޮމަންޑޫ ދާއިރާގައި ލޯކަލް ޓޫރިޒަމް ވެސް ފުޅާކުރެވިފައި ނުވާ ކަމަށާއި މަސްވެރިކަމާއި ދަނޑުވެރިކަމުން ލިބެންޖެހޭ ހަގީގީ ފައިދާ ވެސް ކޮމަންޑޫ ދާއިރާއަށް ލިބެމުންދާ ކަމަށެވެ.
މިއީ އެމްއެންޕީއިން ވާދަކުރާ ފުރަތަމަ އިންތިޚާބެވެ. އެމްއެންޕީއަކީ ސަރުކާރު ކޯލިޝަންގައި ރަސްމީކޮށް ހިމެނޭ ޕާޓީއަކަށް ނުވި ނަމަވެސް އެ ޕާޓީން މި ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ތާއީދު ކުރެއެވެ. އެ ގޮތުން އަޅުވެތިކަމާ ދެކޮޅަށް އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕޭނަށް އެ ޕާޓީން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރަށް ތާއީދުކޮށްފައެވެ.
ކިހިނެތްތޯ ޤަބުލު ކުފެވޭނީ.ނާޒިމުވެސް އަދިރިޔާޒުވެސް ތިބެނީ ލާރިއާހެދި ހިމޭންވެފައި.
” ގެންފި ފައިސާގަ ބޫތު
ހުރުގަނޑަށް ލައިފި ސޫތު
މިއުޒިކުން ކައިފި ބޫތު، ބޭއަޖޫޒު. ބޭޢަޒޫޒ” ތިތަނުގައި ތިބި މީހުންގެ ތެރެއިން ތައުލީމީގޮތުން އެންމެ ފެންވަރު ދަށް ވާނީވެސް ހަންނާނު. ވަރެއް ހުރިރްޔާ ވަނަވަު ނިކަން ހުށައަޅާލަބަލަ.އޭރުން އެގޭނެ ހަޤީޤަތް.ނުކިޔަވަނީ ކާކުކަން.
ނާޒިމްމެން ކަހަލަ އަމިއްލަ އެދުން ބޮޑުމީހުން ރައިއްޔަތުނގެ އަގު ވައްޓާލަން ނުކިއަވާ މީހުންގެ ލަގަބުދީ މީހުނަށް ފުރސއްސާރަ ކޮށް މީހުންގެ އިއްޒަތާ ކަރާމާތް ނަގާލުމަކުން ނާޒިމްގެ ބަގުބޫލްކަން ރައިއްޔަތުން ބަލައެއް ނުގަންނާނެ، ނާޒިމް ހިތުން ނާޒިމާ ނާޒިމްގެ ޕާޓީގަ ނޫނީ ތަެުލީމެއް ލިބިފާ ހުރި މީހަކުވެސް ނެތީތޯ؟
ތިފަދަ ހުތުރު ބަހުން މަލާމާތް ކުރުމަކީ ރައިއްޔަތުންގެ ނަފުރަތާ ރުޅިވެރިކަން ނާޒިމަށް އިތުރުވުން ނޫން ކަމެއް ނުވާނެ، ވިސްނާ ލުން ވަރަށް އެދެން،