ޚަބަރު ސިޔާސީ

އެއްފަސް ކުރުމުގެ ސިޔާސަތު ގެންގުޅޭ ބަޔަކަށް ރަށްތައް ތަރައްޤީ ކުރާކަށް ނޭނގޭނެ: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އިދިކޮޅު ޕާޓީ، ޕީޕީއެމްއިން ބޭނުން ވަނީ ރާއްޖެތެރެ އުވާލުމަށް ފަހު، އެންމެން ހުޅުމާލެއަށް ގެނެސް އެއްފަސް ކުރުމަށް ކަމަށާއި އެފަދަ ވިސްނުން ހުރި ބަޔަކަށް ރަށްތައް ތަރައްޤީ ކުރަން ނޭނގޭނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ދެއްވި އޯޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، މާލެއަށް މީހުން ޖަމާކުރުމަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ސިޔާސަތެއް ނޫން ކަމަށެެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ވަކިވަކި ރަށްތައް ތަރައްޤީ ކުރުން ކަމަށާއި ޖަޒީރާ ރާއްޖެއަކީ އެމްޑީޕީން އަބަދުވެސް ގެންގުޅެމުން އަންނަ ކޮންސެޕްޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ވަގުތު އިނގިރޭސިވިލާތުގައި ހުންނެވި، ރައީސް ނަޝީދުގެ ވާހަަކަފުޅުގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ގެންގުޅެމުން އަންނަނީ އެއްފަސް ކުރުމުގެ ސިޔާސަތެއް ކަމަށާއި އެއީ ރާއްޖެއަށް އެންމެ އެކަށޭނެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނާ ގާތަށް ތަރައްޤީ ގެންގޮސްދިނުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވާދަވެރިން ވައުދުވަމުން އެ އަންނަނީ ކޮމަންޑޫ ވެސް އުވާލާނެ ކަމަށް. ރާއްޖެތެރެ އުވާލާ މުޅި ހުރިހާ އެންމެން ހުޅުމާލެއަށް ޖަމާކުރާނެ ކަމަށް." ރައީސް ނަޝީދު ވަނީ އެމްޑީޕީއަކީ ރާއްޖެ ތަަރައްޤީ ކުރަން އޮތް ވަސީލަތެއްގެ ގޮތުގައި ސިފަ ކުރައްވައިފައެވެ.

ކޮމަންޑޫގެ ތަރައްޤީއަށް، ފޯކައިދޫ ވިޔަސް މަރޮށި ވިޔަސް، މި ރަށްރަށުގެ ތަރައްޤީއަށް އެ ބޭފުޅުންގެ ސިޔާސަތެއް އެކުލަވައިލާނެ ގޮތެއް ނެތްކަން އަޅުގަނޑުމެންނަށް ސާފު. މާލޭ ސަރަހައްދަށް އެންމެން ޖަމާ ކުރުމަށް ވިސްނާ ބަޔަކު، ރަށްރަށް ތަަރައްޤީ ކުރުމަށް ހަމަ ކަށަވަރުން ވެސް ނުވިސްނާނެ."

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މިއަދު ކޮމަންޑޫގެ އިންތިޚާބަކީ މަޖިލިސްގެ ގޮނޑިއަކަށް ވުރެ، މުހިންމު އިންތިޚާބެއް ކަަމަށާއި މި އިންތިޚާބުގެ ނަތީޖާއިން ގިނަ ވާހަކަތަކެއް ބުނެދޭނެ ކަމަށެވެ. އަދި ރާއްޖޭގައި ވޯޓްލާން އެންމެ އައުލާކަން ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށާއި އެކަން ކޮށްދެއްވުމަށް ރައީސް ނަޝީދު ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ ކިބައިން އެދިލެއްވިއެވެ.

"ތިބޭފުޅުން މުޅި ރާއްޖޭގައި ވިދާޅުވެ، ދެއްވާށޭ އަނެއްކާ ވެސް ވޯޓްލާން އެންމެ އައުލާކަން ބޮޑީ އެމްޑީޕީއަށޭ" ރައީސް ނަޝީދު ވިދާޅުވީ، ގިނަ އަހަރުތަކެއްގައި އެމްޑީޕީއިން ރާއްޖޭގައި ވެރިކަން ކުރުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

Ads by HDC
  1. އަލީ

    ބޭކާރު ކަމެއް ކުދިކުދި އާބާދީ ތަކައް ބޮޑެތި ހަރަދުކުރުން.. އަތޮޅަކު 1 ރަށުގަ މީހުން އާބާދު ކުރުން މާރަންގަޅު..

  2. ޢަވާމެނދުރު

    ޢތްމެރަގަޅޭ ތަރަށްގީގެނަމުގާ ގައުމުވިއްކާލުމޭތަ