ދުނިޔެ

ޕިލިޕީންސްގައި ވެކްސިން ނުޖަހާ މީހުން ގެއިން ބޭރަށް ނިކުންނަ ނަމަ ޖަލަށްލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕިލިޕީންސްގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، ވެކްސިން ނުޖަހާ މީހުން ގެއިން ބޭރަށް ނިކުންނަ ނަމަ ޖަލަށް ލާން ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓޭ އަމުރު ކުރައްވައިފިއެވެ.

Ads by WAMCO

މިދިޔަ ހުކުރު ދުވަހު އެ ޤައުމުގައި ބަލި ޖެހުނު މީހުންގެ ޢަދަދު ވަނީ ރެކޯޑް މިންވަރަކަށް އިތުރުވެފައެވެ.  މިވަގުތު ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 77،369 މީހުން އެބަތިއްބެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 51،871އަށް އަރައިފައިވާއިރު، ޖުމްލަ ބަލި ޖެހުނު މީހުންގެ އަދަދު ތިން މިލިޔަނަށް އަރައެވެ.

އެންމެ ގިނަ މީހުން ބައްޔަށް ފައްސިވަމުން އަންނަނީ ވެރިރަށް މެނީލާއާއި، އެ ސިޓީގެ ވަށައިގެންވާ ސިޓީތަކާއި އަވަށްތަކުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި އިންފެކްޝަންތައް އިތުރަށް އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށާއި، މި މަސް ނިމުމުގެ ކުރިން ޕީކް ވާނެ ކަމަށް ސިއްހީ އޮފިޝަލުންނާއި މިނިވަން ތަޖުރިބާކާރުން މިހާރު ވެސް ވަނީ އިންޒާރު ދީފައެވެ.

ކުއްލިއަކަށް ވޭދަނަތައް އިތުރުވުމުގެ ސަބަބުން ބުރާސްފަތި ދުވަހު ޑުޓަރޓޭއަށް އަމުރު ނެރުއްވީ، ގޭގައި މަޑުކުރުމުގެ އަމުރާ ހިލާފުވާ ވެކްސިން ނުޖަހާ މީހުން ހައްޔަރު ކުރުމަށެވެ. އެ އަމުރުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

"އަޅުގަނޑު މިހާރު އޯޑަރު ދެނީ ވެކްސިން ނުޖަހާ މީހުން ހޯދަން، ހަމައެކަނި އެ މީހުންނަށް ރިކުއެސްޓް ކުރަން ނުވަތަ އޯޑަރު ދޭން، ގޭގައި މަޑު ކުރާށޭ މަޑުކުރޭ." ޤައުމީ ޓީވީން ދުރަށް ދެއްކި މެސެޖެއްގައި ރައީސް ވިދާޅުވިއެވެ.

"އަދި ދެކޮޅު ހަދައި، ގެއިން ބޭރަށް ނިކުމެ، މުޖުތަމައުގައި ނުވަތަ ކޮންމެ ތަނެއްގައި އުޅެފި ނަމަ، އެމީހަކު ހިފަން އަދި ގެއަށް ދާން އަމުރު ކުރަން. ދެން އޭނާ ދެކޮޅު ހަދައިފި ނަމަ [އޮފިޝަލް]އަށް ބާރު މިދެނީ އިތުރު ސުވާލެއް ކުރުމެއް ނެތި ހައްޔަރު ކުރަން މީހުން ހައްޔަރު ކުރަން،"

110 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަށް ވަނީ ވެކްސިން ޖަހައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!