ޚަބަރު

ޝިދާތާ ރައީސަށް: މޭ ޑޭގައި ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ވޯޓް ދެއްވަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން އެކަމަށް މި ސަރުކާރުގެ ފުރަތަމަ ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވަނީ ބަޣާވާތާ ދެކޮޅަށް ވޯޓް ދެއްވަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އިތުރުން، މި އިންތިޚާބުގައި ވާދަކުރަނީ އިދިކޮޅު ޕީޕީއެމްއާއި ޝިދާތާ ޝަރީފްގެ ޕާޓީ، އެމްއެންޕީ އިންނެވެ.

ބަޣާވާތް ކުރި މީހުންނާ ދެކޮޅަށް ވޯޓް ދެއްވަން ޖެހޭ ކަމަށް ވިދާޅުވީ، އެމްއެންޕީގެ ރައީސް ކާނަލް ނާޒިމާއި ނައިބު ރައީސް ރިޔާޒަށް ނިސްބަތް ކުރައްވައެވެ. 2012ވަަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓައިީ ބަޣާވާތަކުން ކަމަށާއި އެކަމުގައި ކާނަލް ނާޒިމްގެ ދައުރު ބޮޑުކަމަށް އެމްޑީޕީން އަބަދުވެސް ބުނެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝިދާތާ ވަނީ ރައީސް ޞާލިހް ދައްކަވަނީ ކޮން ބަޣާވާތެއްގެ ވާހަކަތޯ ސުވާލު ކުރައްވައިފައެވެ. މިގޮތުން 2015 ވަނަ އަހަރުގެ މޭޑޭގައި އޭރުގެ އިދިކޮޅު ފަރާތްތަކާއެކު ރައީސް ނިކުންނެވީ ދަމު ނަމާދު ކުރައްވަންތޯ ވެސް ޝިދާތާ ސުވާލު ކުރެއްވިއެވެ.

ފޯރިގަދަވަމުން އަންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ މިއަންނަ ފެބްރުއަރީ މަހު ފަސް ވަނަ ދުވަހުއެވެ.

Ads by HDC
  1. ނުރަބޯ

    ކޮމަންޑޫ ދާއިރާގެ ވޯޓު ދިނުން އެންމެ ރަނގަޅުވާނީ ޕީޕީއެމް އަށް. ސަބަބަކީ ވެރިކަން ކުރާ ކޯލިޝަނާ އޭގެ އިތުރުން ދެން ހުރި ހުރިހާ ސިޔާސީ ޕާޓީތަކަކީ ވެސް އިންޑިއާ އަށް ވިކިފައި ތިބި ޣަދަރުވެރި ވިސްނުމުގެ ޕާޓީތައް ކަމަށް ވުމެވެ.

    • ބޮޑޭ އަހައްމަދު

      ނުރަބޯ ތިބުނީ އަދުރޭގެ ޕީ އެން ސީ ޕާޓީވެސްއޮތީ އިންޑިޔާއަށް ވިކިފައޭދޯ!

  2. ވަރިކުރި ފުޅު

    ސިދާތާމެން ހާދަ އައްޗިކޮއްށޭދޯ މިއުޅެނީ ތިއެންމެންވެސް ހަމަ ތިގޮވަނީ ގުދޯގުދޯ ތިތާކުނެއް ހަމަ މަލަކައް ދޫކުރާނެ މަލެއް ހަމަ ހުސް ގަރަޑަމާ.