އިންޑިއާސް ބެސްޓް ޑާންސާގެ 2 ވަނަ ސީޒަން ސޯމިޔާ ކަމްބްލޭ ކާމިޔާބުކޮށްފި
ޕޫނޭއަށް ނިސްބަތްވާ ސޯމިއާ ކަމްބްލޭ ވަނީ އާދީއްތަ ދުވަހު "އިންޑިއާސް ބެސްޓް ޑާންސާ"ގެ ދެވަނަ ސީޒަން ސޯމިއާ ކަމްބްލޭ ކާމިޔާބުކޮށްފިއެވެ.
ޕޫނޭއަށް ނިސްބަތްވާ ސޯމިއާ މި ސީޒަން ކާމިޔާބުކުރީ ގޯރަވް ޝަރުވާންއާއި ރޯޒާ ރަނާ ބަލިކޮށްފައެވެ. ސޯމިއާއަށް ވަނީ ޓްރޮފީއާއި، ކާރަކާއި، 15 މިލިއަން ރުޕީސްގެ ފައިސާގެ އިނާމެއް ގެއަށް ގެންގޮސްފައެވެ. މީގެ އިތުރުން އޭނާގެ ކޮރިއޮގްރާފަރު ވަރުތިކާ ޖުހާއަށް ފަސް މިލިއަން ރުޕީސް ލިބިފައި ވެއެވެ.
މި ޝޯގެ އެންމެ މޮޅު އެއް ފްރީސްޓައިލް ނެށުންތެރިޔާ ކަމަށްވާ ސޯމްޔާ ކަމްބްލޭގެ ބެލީ ޑާންސިން ހުނަރުގެ ސަބަބުން އޭނާގެ ވަރުގަދަކަން އިތުރުވެގެން ދިޔައެވެ. މި ޝޯގައި އޭނާ ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބައްޕަ ބޭނުން ވަނީ އޭނާ ޑޮކްޓަރަކަށް ވާން ކަމަށާއި މަންމަ އޭނާގެ ޑާންސް ހުވަފެންތަކަށް ސަޕޯޓްކުރާ ކަމަށެވެ. ފާއިތުވެދިޔަ އަހަރުތަކުގައި އޭނާ ދިޔައީ އެ ދެ ހުވަފެން ވެސް ބެލެންސް ކުރަމުންނެވެ.
މި ޝޯގައި އޭނާގެ ބައްޕަ ވަނީ އޭނާއަށް 'އިންޑިއާސް ބެސްޓް އަންހެން ދަރިފުޅު'ގެ ނަމުން މުހާތަބުކޮށް ވާހަކަ ދައްކައިފައެވެ. އަދި އާޝާ ބޯސްލޭ ވަނީ އޭނާއަށް 'ޗޯޓީ ހެލެން'ގެ ނަމުން ނަން ދީފައެވެ. ދާދި ފަހުން ނޯރާ ފަތެހީ ވަނީ ބެލީ ޑާންސިން ކޮއިން ބެލްޓެއް ވެސް ހަދިޔާކޮށްފައެވެ.
މޮޅުވުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޯމްޔާ ބުނެފައި ވަނީ އޭނާއަށް ބަޔާން ނުކުރެވޭ ކަހަލަ އިހްސާސްތަކެއްވާ ކަމަށާއި، މި ދަތުރުގައި އެހީތެރިވި އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި އޭނަގެ ކޮރިއޮގްރަފަރު ވަރުތިކާ ދީދީއަށް ހާއްސަކޮށް ޝުކުރު އަދާކޮށްފައިވެއެވެ. އޭނާ ބުނެފައި ވަނީ އޭނަގެ މި ކާމިޔާބީގެ ފަހަތުގައި ވަނީ ވަރުތިކާގެ ބުރަ މަސައްކަތް ކަމަށެވެ. އިންޑިއާގެ ބެސްޓް ޑާންސާގެ ބައިވެރިއަކަށް ވުމަކީ ވަރަށް ބޮޑު އުނގެނުމުގެ ފުރުސަތަކަށްވެފައި، އޭނާ ފަދަ ޑާންސް ކުރުމުގެ ޝައުގު ހުންނަ މީހުންނާ ދިމާވިކަމަށް ވެސް ބުނެފައިވެއެވެ. މީގެ އިތުރުން އޭނާ ބުނެފައި ވަނީ މުސްތަގުބަލުގައި ކުރިއަށްދާނެ ދާއިރާއެއް އަދި އެހައި ސާފުކޮށް ނުފެނުނަސް ނެށުމަކީ ވަރަށް މުހިންމު ބައެއްކަން އެނގޭކަމެވެ. އަދި އޭނާ ވަނީ ޝޯގެ ޖަޖުންނަށް ވެސް ޝުކުރު އަދާކޮށްފައެވެ.
މަނީޝް ޕޯލް ހޯސްޓްކުރި "އިންޑިއާގެ ބެސްޓް ޑާންސާ" ސީޒަން 2ގެ ފަނޑިޔާރުންނަކީ މަލައިކާ އަރޯރާ، ގީތާ ކަޕޫރު އަދި ޓެރެންސް ލުއިސްއެވެ.