ކޮވިޑް-19 ޖެހިގެން 34 އަހަރުގެ ޒުވާނަކު މަރުވެއްޖެ
ކޮވިޑް-19 ޖެހިގެން 34 އަހަރުގެ ބަނގްލަދޭޝް މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ، މިއަދު ހެނދުނު 8 ޖެހިއިރު ސ.ފޭދޫ ސިއްހީ މަރުކަޒަށް ގެނައި ބިދޭސީއަކު މަރުވެފައިވާ ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 265 ވަނަ މީހާ ކަމަށެވެ.
ކޮވިޑް-19 ޖެހިގެން ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައި ވަނީ މީގެ ހަފްތާއެއް ކުރިންނެވެ.
ކޮވިޑް-19 ބައްޔަށް ފައްސިވާ މީހުންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. މިގޮތުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބައްޔަށް 800 ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. ކޮވިޑް-19 ފެތުރުން އިތުރުވާތީ މާލޭގެ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ.
ކޮވިޑްގެ ވޭދަނަތައް ފެނި މި ވަގުތު ވެސް އަތޮޅުތަކުގެ 12 ރަށެއް އޮތީ މޮނިޓަރިންގައެވެ.
Ads by Allied Insurance