ދުނިޔެ

ވިޔަފާރިތައް އަލުން ހުޅުވަން ހުއްދަ ދީ، ނެދަލޭންޑްސްގެ ފުރަބަންދަށް ލުއި ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ނެދަލޭންޑްސްގައި އިއުލާނު ކުރި ފުރަބަންދަށް، އެއް މަސް ދުވަސް ފަހުން ލުއި ދީފިއެވެ.

Ads by Sosun Fihaara

ނެދަލޭންޑްސްގެ ޕްރައިމް މިނިސްޓަރ މާކް ރުއްޓް ވިދާޅުވީ، ފުރަބަންދާ ގުޅޭ ގޮތުން ބަންދު ކުރި ބައެއް ވިޔަފާރިތައް، މިއަދުން ފެށިގެން އަލުން ހުޅުވަން ނިންމައިފައިވާ ކަމަށެވެ. އެ ގޮތުން ބައެއް ފިހާރަތަކާއި، ޖިމްތަކުގެ އިތުރުން ސެލޫންތައް ވެސް ހުޅުވަން ނެދަލޭންޑްސްގެ ސަރުކާރުން ވަނީ ހުއްދަ ދީފައެވެ.

އިނގިރޭސިވިލާތުގެ ހެލްތު ސެކިއުރިޓީ އޭޖެންސީން މިދިޔަ ހުކުރު ދުވަހު ބުނީ، މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓުން ބޮޑެތި މީހުންނަށް ކުރާ އަސަރު ކުޑަ ކަމަށެވެ. އެހެން ނަމަވެސް އެންމެން ވެސް ވެކްސިން ފުރިހަމަ ކުރެއްވުމަށް ވެސް އިރުޝާދު ދެއްވައިފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާ އެކު އޮމިކްރޮން ފެތުރެމުން ދިޔުމާ ގުޅިގެން، ބައެއް ގައުމުތަކުން ދަނީ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތައް އެ ޤައުމުތަކަށް އެރުން މަނާ ކުރަމުންނެވެ.

އެގޮތުން ދާދި ފަހުން އޮސްޓްރޭލިއާއިން ވަނީ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިކްގެ ވިސާ ދެވަނަ ފަހަރަށް ވެސް ޤަބޫލުނުކޮށް އަނބުރާ ފޮނުވައިލައިފައެވެ. އޮސްޓްރޭލިއާ ސަރުކާރުން ބުނީ، ނޯވަކްގެ ވިސާ ޤަބޫލު ނުކުރީ އޭނާ ވެކްސިން ފުރިހަމަ ނުކޮށް ހުރުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!