ބޮލީވުޑް

3 އަހަރު ފަހުން ޕްރިތީ އަނެއްކާ ވެސް ފިލްމަކުން ފެންނަނީ

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ޕްރީތީ ޒިންތާ

ތިން އަހަރު ފަހުން އަނެއްކާ ވެސް ފްރީތީ ޒިންތާ ފިލްމަކުން ފެންނާނެކަމަށް ބޭރުގެ ހަބަރުތަކުން ރިޕޯޓްކޮށްފިއެވެ.

Ads by MWSC

ޕްރީތީ ފެނިގެން ދާނީ ކަރަން ޖޯހަރުގެ ރޮކީ އޯރް ރާނީ ކޯ ޕްރޭމް ކަހާނީ”އިންނެވެ. މި ފިލްމުގެ ރޯލަކަށްް ޕްރީތީ ސޮއިކުރިކަން ރަސްމީކޮށް އެނގިފައި ނެތަސް ފިލްމުގެ ވިކިޕީޑިއާގައި ކާސްޓުންގެ ތެރޭގައި ޕްރީތީގެ ނަން ހިމެނެއެވެ. އަދި އޭނާ ކުޅުމަށް ހަމަޖެހިފައިވާ ކެރެކްޓާގެ ނަމަކީ ނިޝީ ޗެޓަޖީ ކަމަށް ޕްރިތީގެ ވިކީޕީޑިއާގައި ބުނެފައިވެއެވެ.

މި ފިލްމަކީ ވަރުގަދަ ކާސްޓެއް ހިމަނައިގެން ހަދާ ފިލްމެކެވެ. އެގޮތުން ފިލްމުގެ ލީޑް ރޯލު ކުޅެނީ ޒުވާން ދެ ތަރިން ކަމަށްވާ ރަންވީރު ސިންގއާއި އާލިއާ ބަޓެވެ. ކާސްޓްގައި ދެން ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ބަޔަކީ "ކަލް ހޯ ނަ ހޯ" ގައި ޕްރިތީގެ މަންމަގެ ރޯލު ކުޅުނު ޖަޔާ ބައްޗަންގެ އިތުރުން ދަރުމެންދުރާއާއި ޝަބާނާ އާޒްމީއެވެ. މީގެ އިތުރުން ޕްރީތީ މި ފިލްމުން ފެނިގެންދިޔުމަކީ މި ފިލްމުގެ ހާއްސަކަން އިތުރުވާ ކަމެކެވެ.

ސަރޮގޭޓްކޮށްގެން ދާދި ފަހުން އެއްމާބަަނޑު ދެ ކުދިން ވެސް ލިބިފައިވާ ޕްރިތީ މި ފިލްމުގެ ކާސްޓްގައި ހިމެނޭކަން އެނގުމުން އޭނާގެ ވަރަށް ގިނަ ފޭނުން ވެސް އެކަމާ ވަރަށް އުފަލުން ތިބި ކަމަށް ސޯޝަލް މީޑިއާގައި ބުނެފައިވެއެވެ.

ކަރަން ޖޯހަރްގެ ދެ ފިލްމެއްގައި މީގެ ކުރިން ވެސް ބަތަލާ ޕްރިތީ ޒިންތާ މަސައްކަތްކުރިއެވެ. އެއީ ކަރަން ޕްރޮޑިއުސްކުރި 2003ގެ "ކަލް ހޯ ނަ ހޯ"އާއި އޭނާ ޑައިރެކްޓްކުރި 2005ގެ "ކަބީ އަލްވިދާ ނާ ކެހެނާ" ގަ އެވެ.

މި ދެ ފިލްމަކީ ވެސް ޕްރިތީގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރެއިން ފިލްމުތަކެވެ. ހާއްސަކޮށް ނިކިލް އަދުވާނީ ޑައިރެކްޓްކުރި "ކަލް ހޯ ނަ ހޯ"އަކީ ވަރަށް ވެސް ކާމިޔާބު ފިލްމެކެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 46 އަހަރުގެ ޕްރީތީ އެންމެ ފަހުން ފެނިފައިވާ ފިލްމަކީ ސަނީ ޑިއޯލްގެ 2018ގެ "ބައްޔާޖީ ސުޕަހިޓް"އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!