ޚަބަރު

އިންޑިއާ ސިފައިން ބޭރު ކުރެވޭ ދުވަހު ރައީސް ޔާމީނަށް ޣާޒީގެ ލަޤަބު ހައްޤުވާނެ: އާދަމް ޝަރީފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އާދަމް ޝަރީފް އުމަރު.. ދެން އިމޭޖްސް

ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިން، ރާއްޖެއިން ބޭރު ކުރެވޭ ދުވަހު، އިދިކޮޅު ލީޑަރު ރައީސް ޔާމިން އަބްދުލްޤައްޔޫމަށް ޣާޒީއެއްގެ ލަޤަބު ހައްޤުވާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޔާމީން ހައްޔަރު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން ގޮވާލުމާ ގުޅިގެން މިއަދު އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ރޭ ށ. ކޮމަންޑޫގައި އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާއެއްގައި އެމްޑީޕީގެ ޗެއަރ ހަސަން ލަތީފް ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް އިދިކޮޅުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތަކީ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށާއި އެ ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ އިންޑިއާ މީހުންނަށް ފުރައްސާރަ ކުރަން ފަށައިފި ކަމަށާއި އެކަމުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ އާދަމް ޝަރީފް ވިދާޅުވީ، ހައްޔަރު ކުރަން ޖެހޭނީ ހީލަތްތެރިކޮށް ޤުރުއާނުގެ އާޔަތްތައް ޤުރުއާނުގެ އާޔަތްތައް އުނި ކުރުމަށް އެންގި މީހުން ކަމަށެވެ.

"އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވަކާލާތު ކުރެއްވުމަކީ ރައީސް ޔާމީން ހައްޔަރު ކުރަން ޖެހޭ ކަމެއް ނޫން. އިންޑިއާ ސިފައިން ބޭރު ކުރެވޭ ދުވަހަކުން ރައީސް ޔާމީނަށް ޣާޒީގެ ލަޤަބު ޙައްޤުވާނެ. ހައްޔަރު ކުރަންވީ ހީލަތްތެރިކޮށް ޓެކްސްޓް ފޮތްތަކުން ޤުރުއާނުގެ އާޔަތްތައް އުނިކުރުމަށް އެންގި މީހުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

Ads by Ooredoo
  1. އާދަމް ދަތްދޮޅި

    ހެޔޮދޯ ޔާމިނު ޖަލުގައޮތަސް ހައްގުވާނެ ދެއްތޯ….!

  2. ބަކުރުބެ

    ކަލެއެއްނޫންތަ މިތަނަށް އިންޑިޔާ ސިފައިން ގެނައީ. ދެން އޭރުގަ ކީއްވެތަ އެމީހުން ނުބޭލީ. މިކަހަލަ މީހުން ދައްކާ ވާހަކަ ނޫހުގަ ޖަހާތީވެސް ލަދުންބޯހަލާކުވާވަރުވޭ.