ޚަބަރު

ލަންކާއަށްވި ގޮތް ނުވަނީސް "ޗައިނާ އައުޓް" ގޮވަން ވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަވައްޓެރި ސްރީ ލަންކާއަށްވި ގޮތް ނުވަނީސް "ޗައިނާ އައުޓް" ގޮވަން ވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އާޒިމް މިހެން ވިދާޅުވެފައި ވަނީ "ކޮލަމްބޯ ޕޯޓް ސިޓީ: އައު ދުބާއީއެއްތަ؟ ނޫނީ ޗައިނާގެ ޝަހަރެއްތަ؟" މި ސުރުޚީގެ ދަށުން ބީބީސީއިން ލިޔެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

އާޒިމް މިފަދައިން ޓްވީޓް ކުރެއްވީ، އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިނަަށް ސަރުކާރާއި އެމްޑީޕީން ވަރަށް ބޮޑަށް ފާޑު ކިޔަމުން ދަނިކޮށެވެ. މިގޮތުން ވަކި ޤައުމެއް ބޭރު ކުރުމަށް ނުގޮވޭނެ ކަމަށާއި އެއީ ނަފުރަތު އުފެއްދުންކަމަށް އެމްޑީޕީން ސިފަކުރެއެވެ.

ކޮލަމްބޯ ޕޯޓް ސިޓީއަކީ ޗައިނާއިން ލޯނުގެ އެހީގެ ދަށުން ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓެގެ ދަށުން 665 އޭކަރު ބިން ހިއްކާ އެ ސަރަހައްދުގައި ހައި-ޓެކް ސިޓީއެއް އުފައްދާނެއެވެ. މިއީ ޗައިނާގެ ލޯނުގެ އެހީގެ ދަށުން ކުރިޔަށްދާ ޕްރޮޖެކްޓެކެވެ. އިދިކޮޅުން ފާހަގަކުރަނީ މިއީ ޗައިނާއިން ލަންކާއަށް އަތްގަދަ ކުރުމަށް ޗައިނާއިން ޖަހާ މަޅިއެއް ކަމަށެވެ.

ކޮލަންބޯ ޕޯޓް..ފޮޓޯ/ބީބީސީ

ސަބަބެއްގެ ގޮތުގައި އިދިކޮޅުން ފާހަގަ ކުރަނީ 2017ވަނަ އަހަރު ލަންކާގެ ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ސަރުކާރުގެ މައި ހިއްސާ އޮންނަ ކުންފުންޏަކަށް ނެގުމެވެ. 2017ވަނަ އަހަރުން ފެށިގެން 99 އަހަރަށް ބަނދަރު ސަރަހައްދު އެއްކޮށް ޗައިނާއަށް ވަނީ ނަގައިފައެވެ. އެއީ ޗައިނާއަށް ދަރާ އޮތް ދަރަނި ނުދެއްކުމުންނެވެ.

ޗައިނާއާ އެކު އެއްބަސްވުންތައް ހަދައިފައި ވަނީ މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައެވެ. އޭގެ ފަހުން ވެރިކަން ބަދަލުވުމާ އެކު ޗައިނާއާ އެކު އޮތް ގުޅުންތައް ވަނީ ހީނަރުވެފައެވެ. ވެރިކަމާ ދުރުގައި އަށް އަހަރު ހުރުމަށް ފަހު ރާޖަޕަކްސަ އަނެއްކާ ވެސް ވަނީ ބޮޑުވަޒީރު ކަމަށް އިންތިޚާބުވެފައެވެ. އަދި ޗައިނާއާ އެކު އަނެއްކާ ވެސް ދަނީ ގުޅުންތައް ބަދަހި ކުރަމުންނެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ގިނަ ލޯނުތަކެއް ވަނީ ނަގައިފައެވެ. ޗައިނާއިން ނެގި ލޯނުތައް ދެއްކޭނެ ކަމަށް ރައީސް ޔާމީން އެކި ޕޯޑިއަމްތަކުގައި ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް ޗައިނާގެ ލޯނުތަކަކީ ލޯނު ޓްރެޕްތަކެއްގެ ގޮތުގައި އެމްޑީޕީން ސިފަ ކުރެއެވެ. އެމްޑީޕީން މީގެ ކުރިން ބުނެފައި ވަނީ ޗައިނާއިން ބޭނުންވަނީ ލޯނު ނުދެއްކޭ ހާލަތުގައި ރާއްޖެއިން ބައެއް ކަމަށެވެ.

Ads by HDC
  1. ޢަލީ

    މީނަމިހިރީ ކިހިނެއްވެފާތޯ! ޗައިނާ ސިފައިން މިތާ އެބަތިބިތޯ؟

  2. މި އެމްޑީޕީ ބޮޑުން ތަށް މިރާއްޖޭގެ ޓުވަރިޒަމް ބޮއިކަޓް ކޮށް ވިޔަފާރި ބޮއިކަޓް ކުރަން މުޅި ޔޫރަޕްގައި ދުވެހަދާ ،މިމީހުން ވެރިކަން ނުލިބިގެން ޤައުމު ހަލާކުކުރަން އުޅުނުވަރު އެގޭނީ ކޮންބަޔަކަށްބާ ، ބޭރުގެ މީހުނާއިގުޅިގެން ކޮށްފަ ނުކުރަނީ ކޮންކަމެއްބާ ؟ޓުވަރިޒަމް ބޮއިކަޓް ކުރަން ގޮވާ ހެދި މުޅި ޔޫރަޕްގައި ، އިގިރޭސި ޕާލިމެންޓް މެމްބަރަކު ލައްވާ ރާއްޖެ ބަދުނާމް ކުރަން ކިތަކެއް މަސައްކަތް ކުރެވުނުތޯ ؟