ޚަބަރު އިޖުތިމާޢީ

އިދާރީ ސަބަބުތަކެއް މެދުވެރިވެ މަހުލޫފުގެ ޝަރީއަތް ކެންސަލް

  • ދައުލަތުގެ ފަރާތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ
ރައުފާ ރަޝީދު ، ދެން އޮންލައިން
ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ މައްސަލައިގައި ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފްގެ މައްޗަށް އުފުލައިފައިވާ ދައުވާގެ މައްސަލައިގައި، މިއަދު ބާއްވަން ތާވަލްކުރި ޝަރީއަތް ކެންސަލް ކޮށްފިއެވެ.

Ads by Sosun Fihaara

ދައުލަތުގެ ފަރާތުން މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

މަހްލޫފް މައްސަލައިގެ އަޑު އެހުން ތާވަލްކޮށްފައި ވަނީ މިއަދު 11 ޖަހާއިރަށެވެ. ކްރިމިނަލް ކޯޓުން ވިދާޅުވީ މިއަދުގެ ޝަރީއަތް ކެންސަލްކުރަން ޖެހުނީ އިދާރީ ބައެއް ސަބަބުތަކާ ގުޅިގެން ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓު ދިނުމުގެ މުޤާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވައިފައިވާ އެކައުންޓުގެ ޗެކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު، އޭނާގެ ނަމުގައި ހުޅުވައިފައިވާ އެކައުންޓަށް ޖަމާކޮށް ރިޝްވަތު ހިފައިފައިވާ ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ މައްޗަށް ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެއެވެ.

މަހުލޫފު މީގެ ކުރިން ވިދާޅުވެފައި ވަނީ ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ އުފުލައިފި ނަމަ، "ދައުލަތް އޮރިޔާން" ކޮށްލާވަރުގެ ކަންކަން ހާމަކުރައްވާނެ ކަމަށެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެ ވާހަކަ ދޮގު ކުރައްވައިފައެވެ.

ހިޔާނާތުގެ މައްސަލައެއްގައި މަހުލޫފުގެ މައްޗަށް ދައުވާ އުފުލުމުން ވެސް އޭނާ މަގާމުގައި ހުންނަވާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Ads by Ooredoo
  1. އައްމަޑޭ ސަމީރު.

    ސަރުކާރުން މަޚުލޫފު އަނގައިގަ ތިއޮތީ “ކައިދާ” އަޅުވާފަ. ސަރުކާރުން “ލަގަން ދެމިގޮތަކައް” މަޚުލޫފު ޖެހޭނީ ދުވަން.
    މަޚުލޫފު ޖަލައް ނުވަދެހުންނަން ބޭނުމިއްޔާ “ކޮމަންޑޫ ދާއިރާގެ ގޮނޑި” މޑޕ ކޯލިޝަން ސަރުކާރަށް ހޯދައިދޭން ޕޯޑިއަމްތަކަށްއަރާ ސަރުކާރުން ޖަހާހާ ބެރަކަށް ނަށައިދޭން ޖެހޭނީ.

  2. ހީލިދު

    ތިސަރީއަތް ނުހިނގާނެކަން މާކުރިނވެސް ދެނެހުރިން