ޚަބަރު

ކޮވިޑް-19 ހާލަތު ގޯސްވެގެން އައިޖީއެމްގައި އާންމުކޮށް ހަދާ ސާޖަރީތައް މެދު ކަނޑައިލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ދުރާލާ ތާވަލްކޮށްގެން ހަދާ ރޫޓިން ސާޖަރީތައް މެދުކަނޑައިލާން ނިންމައިފައިވާ ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

މިއަދު އައިޖީއެމް ހޮސްޕިޓަލުން އާއްމުކުރި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ވަރަށް ހަލުވި ކަމާއެކު ފެތުރެމުންދާތީ އައިޖީއެމްއެޗްގައި ދެމުން އަންނަ ޚިދުމަތްތައް ޑައުންގްރޭޑް ކުރަން ނިންމައިފައިވާ ކަމަށެވެ. އަދި 22 ޖެނުއަރީން ފެށިގެން ކުރިޔަށް އޮތް ދެ ހަފްތާއަށް ރޫޓިންގ ސާޖަރީތައް މެދު ކަނޑައިލެވިގެންދާނެ ކަމަށާއި މި ސާޖަރީތައް އަލުން ހެދޭނެ ތާރީޚެއް ކޮވިޑް-19 ހާލަތަށް ރިއާޔަތް ކުރުމަށް ފަހު ހާމަކުރާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައިޖީއެމްއެޗްއިން އިތުރަށް ވިދާޅުވީ، ސާޖަރީތައް ހެދުން މެދުކަނޑައިލިޔަސް، އެމެޖެންސީ ޚިދުމަތްތައް 24 ގަޑިއިރުގައި ލިބެމުން ދާނެ ކަމަށެވެ.

މާލޭގައި ކޮވިޑް-19 ހާލަތު ވަރަށް ބޮޑަށް ވަނީ ގޯސްވެފައެވެ. މާލޭގައި ފައްސިވާ ރޭޓް އިއްޔެ ހުރީ 38 އިންސައްތައިގެއެވެ. އިއްޔެ މުޅި ރާއްޖެއިން ދެ ހާހަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނެވެ. މީގެ ތެރެއިން 1219 މީހުންނަށް ބަލި ޖެހިފައި ވަނީ މާލެ ސަރަހައްދުންނެވެ. މިހާރު ރާއްޖެއިން ކޮވިޑް-19އަށް ރާއްޖެއިން 108،732 މީހުން ފައްސިވެފައިވެއެވެ. އަދި 267 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!