ޚަބަރު

ކޮވިޑް-19 ޖެހިގެން މިއަދު މަރުވި މީހުންގެ އަދަދު ތިނަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

މިއީ މި ބަލީގައި މިއަދު ނިޔާވި ތިންވަނަ މީހާއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައި ވަނީ މިއަދު 09:00 ހައިއިރު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު އިތުރު ދެ މީހަކު ވަނީ ނިޔާވެފައެވެ. އެ ދެ މީހުންނަކީ ލ. ފޮނަދުއަށް ނިސްބަތްވާ ދެ މީހުންނެވެ. މީގެ ތެރެއިން އެކަކު ނިޔާވެފައި ވަނީ ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެނިކޮށެވެ. ދެވަނަ މީހާ ނިޔާވެފައި ވަނީ ހުޅުމާލޭ ކޮވިޑް-19 ފެސިލިޓީގައި ފަރުވާދެނިކޮށެވެ.

މާތް ﷲ އެމައްޔިތުންގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވަވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި ޢާއިލާތަކަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!