ގަމު ކޮވިޑް ފެސިލިޓީގައި އަނެއްކާ ވެސް ކޮވިޑް މަރެއް!
ލ. ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
މިއަދު ހެނދުނު ވެސް ގަމު ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ހޯދަނިކޮށް މީހަކު ވަނީ ނިޔާވެފައެވެ.
ގަމު ކޮވިޑް-19 ފެސިލިޓީގައި މިއަދު ފުރަތަމަ ނިޔާވެފައި ވަނީ ލ. ފޮނަދޫ މީހެކެވެ. ދެވަަނައަށް ނިޔާވެފައި ވަނީ އެ އަތޮޅު އިސްދޫ ފިރިހެނެކެވެ. އެއީ 84 އަހަރުގެ ފިރިހެނެކެވެ.
މިއަދު ހުޅުމާލޭ ފެސިލިޓީންނާއި އައްޑޫ ކޮވިޑް-19 ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ ދެ މީހުން ވެސް ވަނީ ނިޔާވެފައެވެ. މިއާ އެކު ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 269 އަރައިފައެވެ.
Ads by Allied Insurance