ބޮލީވުޑް

މޯނީ ރޯއީގެ ކައިވެނީގެ ގެސްޓް ލިސްޓުން ބައެއް މީހުން އުނިކޮށްފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން

މޯނީ ރޯއީ އޭނާގެ ކައިވެނީގެ ހަފްލާއަށް ދައުވަތުދޭ ގެސްޓް ލިސްޓުން ބައެއް ނަންތައް އުނިކޮށްފިއެވެ.

Ads by Sosun Fihaara

މޯނީ ރޯއި އޭނާގެ ހަޔާތުގެ އައު ބާބެއް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފަށާނެއެވެ. މި އެކްޓްރެސްއާއި އޭނަގެ ލޯބިވެރިޔާ ސޫރަޖް ނަމްބިއާރް ކައިވެނި ކުރަން ނިންމައިފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

މި ދެމީހުންގެ ކައިވެނި ހަފްލާ އޮންނާނީ ގޯއާގެ ކެންޑޮލިމްގައެވެ. އަދި މޯނީއާއި ސޫރަޖްގެ ކައިވެނީ ހަފްލާ ދެ ދުވަހައް ދެމިގެންދާއިރު މި ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މޫދު އައްސޭރީގައެވެ.

ރިޕޯޓްތައް ބުނާގޮތުން މި އެކްޓްރެސް ވަނީ ކޮވިޑް-19އާ ގުޅިގެން އޭނާގެ ގެސްޓް ލިސްޓުން ބައެއް ނަންތައް ކަނޑައިލައި، ކައިވެނި ހަފްލާއަށް ދާ ގެސްޓުންގެ ފަރާތުން އާރްޓީ-ޕީސީއާރު ރިޕޯޓް ހޯދުމަށް އެދިފައެވެ. މޯނީ އެންމެ ފުރަތަމަ ބޮޑު ގެސްޓް ލިސްޓެއް ހަދައިފައިވާއިރު އޭގައި 50 މީހުން ނުހިމެނެއެވެ. ނަމަވެސް އޭނާ ވަނީ އެންމެފަހުގެ ގެސްޓް ލިސްޓުން މީހުން އުނިކޮށްފައެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން މުމްބާއީގައި އެމީހުންނަށް ރިސެޕްޝަނެއް ބޭއްވުމުގެ ވިސްނުން އޭނާ ގެންގުޅޭކަމަށް ރިޕޯޓުތަކުގައިވެއެވެ. މި އެކްޓްރެސް އަދި މިހައިތަނަށް ގޯއާގައި އެއްވެސް ބޮޑު ހަފްލާއެއް ރާވައިފައެއް ނުވެއެވެ. އޭނާގެ ކައިވެނި ހަފްލާ ވެގެންދާނީ ވަރަށް ކުޑަ އެއްވުމަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސައްކަތުގެ ރޮނގުން ބަލާއިރު މޯނީ ރޯއި ދެން ފެނިގެންދާނީ އާޔަން މުކަރްޖީގެ ބްރަހްމަޝްތުރާގައެވެ. އެފިލްމަކީ ތިން ބަޔަކަށް ބަހައިލައިފައިވާ ފިލްމެކެވެ. މިފިލްމުގެ ފުރަތަމަ އިންސްޓޯލްމަންޓް ނެރޭނީ 9 ސެޕްޓެމްބަރު 2022 ގައެވެ. މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ރަންބީރު ކަޕޫރާއި އާލިއާ ބަޓްއާއި އަމީތާބް ބައްޗަންއާއި ނާގަރްޖުނާގެ އިތުރުން ޑިމްޕަލް ކަޕާޑިއާ ހިމެނެއެވެ. ބްރަހްމަޝްތުރާ ވެގެންދާނީ ރަންބީރާއި އާލިއާ އެކުގައި ކުޅޭ ފުރަތަމަ ފީޗާ ފިލްމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!