ޚަބަރު

އަދިވެސް ހާލަތު ރަނގަޅެއް ނުވޭ، 1700އާ ގާތް ކުރާ އަދަދަކަށް މީހުން ފައްސި ވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން
މާލޭގެ މަގުތަކުގައި ކޮވިޑް-19 ޓެސްޓް ކުރުންވެސް ވަނީ ހުއްޓާލާފައި.. ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 1،697 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 677 މީހުންނެވެ. އަދި އަތޮޅުތެރެއިން 680 ވޭދަނައާއި ރިސޯޓުތަކުން 60 ވޭދަނަ ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮވިޑްގެ ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިހާރު އުޅެނީ 11،535 ވޭދަނައެވެ. މިއަދު ފައްސިވި މީހުންނާ އެކު ރާއްޖެއިން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 112،628އަށް އަރައިފައެވެ.

މިހައިތަނަށް މި ބަލިން 100،811 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 49 މީހަކަށެވެ. މި ބަލީގައި 269 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެއިން ހަތަރު މީހަކު ނިޔާވީ މިއަދުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!