ޚަބަރު އިޖުތިމާޢީ

އަހަރުގެ މިހައިތަނަށް ރާއްޖެއަށް 80000 އަށް ވުރެ ގިނަ ފަތުރުވެރިން

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް 82479 ފަތުރުވެރިން ޒިޔަރާތްކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން، އަހަރުގެ މިހައިތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކޮށްފައި ވަނީ ރަޝިއާ ފަތުރުވެރިންނެވެ. އެގޮތުން ރާއްޖެއަށް ރަޝިއާއިން 16616 ފަތުރުވެރިން އައިސްފައިވާ އިރު، މިއީ މި މުއްދަތުގައި ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 20.1 އިންސައްތައެވެ.

ދެވަނައަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން ރާއްޖެއަށް 7544 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެއަށް ފަތުރުވެރިން އަންނަ އަދަދުތައް ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ ޖުލައި މަހުން ފެށިގެން މިހައިތަނަށް އެއްލައްކައަށް ވުރެ ގިނަ ފަތުރުވެރިން ކޮންމެ މަހަކު ރާއްޖެއަށް އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4989 ފަތުރުވެރިން އާދެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!