ޚަބަރު

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދޭން އަލީ ޒައިދު އެދިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ނުދޭން ދީނީ ޢިލްމުވެރިޔާ ޢަލީ ޒައިދު އެދިލައްވައިފިއެވެ.

Ads by Sosun Fihaara

ޒައިދު މިފަދައިން ވިދާޅުވީ ކިޔަވައިދޭ ވަގުތުތަކުގައި ނިޤާބު އަޅުއްވާ ޓީޗަރުން ވެސް މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ކަމަށް ޤަވާއިދުގައި އޮތުމުން އެކަމުގެ ނުރުހުން ގިނަ ބަޔަކު ފާޅުކުރަމުން ދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ޒައިދު ވިދާޅުވީ މޫނުބުރުގާ މައްސަލަ ފަދަ ދީނާ ގުޅުން ހުރި އެކިއެކި މައްސަލަތަކުގައި އެޑިޔުކޭޝަންއިން ގެންގުޅޭ ދެކޮޅު ނުޖެހޭ ތަފާތުންކުރުންތައް ހައްދު ފަހަނައަޅައި ގޮސް އެމްޑީއެން ރިޕޯޓު ތަންފީޒުކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކޮމަންޑޫ ދާއިރާ އެމްޑީޕީއަށް ނުދޭން އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ކިބައިން އިލްތިމާސްކުރާ ކަމަށް ޒައިދު ވިދާޅުވިއެވެ.

 

މޫނު ބުރުގާގެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތެއް ކަމަށާއި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ.

  1. ޔާމިނު

    ބަލަގަ ޒައިދޫ ޔާމިނުގެ ވެރިކަމުގައޭ މޫނުބުރުގާއެޅި މުދައްރިސު ވަޒީފާއިން ވަކިކުރީ، އެހެންވީމަ މާގޯހެންދޯ

  2. ދުރުމި

    މިކަންވެސް މޯޑިސް މީހުން ބަލައިގަންނާނީ 7 ވަނަ އުޑުން އެންގެވި އަމުރުފުޅެއްކަމަށް. ޒައިދު ނުބުންޏަސް މި ގޮނޑި އެމްޑީޕީ އަކަށް ނުގެންދެވޭނެ. އެވަރު ބާރެއްއޮތް ބައެއްނޫން އެއިކީ.

    • ފުވައްމުލަކުމީހާ

      ޒައެދުމެންނަމީހަކުރަގަޅަކަމެކުރިއަސްކަމަކުނުދޭކަމުދާމީހަކުވެސްނެޔާމީނުވަޒީފާއިންވަކިކުރީވެސްމޫނުބުރުގާއަޅާގެންދިއާމާމިހާރުޔާމީނު

  3. ކިނބޫ

    މިކަހަލަ ޣައްދާރުން އެއްޗެއް ބުނާއިރަށް ޚަބަރު ހަދަންވޭތަ!