މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެ
މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެއްޖެއެވެ.
މަރުވެފައި ވަނީ ސަފާރީ އައިލޭންޑް ރިސޯޓު މޫދަށް އެރިއުޅުނު އުމުރުން 61 އަހަރުގެ މީހެކެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު އެމީހާ މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
Ads by Allied Insurance