ޚަބަރު ސިޔާސީ

މި ހުރިހައި ދުވަހު ރާއްޖޭގެ ތައުލީމީ ނިޒާމު މި ހިންގީ އިންޑިއާގެ އެހީތެރިކަމާ އެކު: ވައްޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއިން ހިންގާ "އިންޑިއާ އައުޓް" ކެންޕެއިންނަށް އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ވައްޑެ ވިދާޅުވީ، އިންޑިއާއަކީ ދިވެހިރާއްޖެއަށް އަބަދުވެސް މުހިންމު ބައިވެރިއެއް ކަމަށާއި އިންޑިއާގެ އެހީތެރިކަން ހުރިހާ ދާއިރާއަކުން އަބަދުވެސް ދިވެހިންނަށް ލިބެމުން އަންނަ ކަމަށެވެ.

މިގޮތުން ރާއްޖޭގައި އިންޑިއާގެ ޓީޗަރުން އެންމެ ކުރިއްސުރެ އުނގަންނައިދިނުމުގައި އުޅޭކަން ފާހަގަ ކުރައްވަމުން ވައްޑެ ވިދާޅުވީ، މި ހުރިހާ ދުވަހަކުވެ ސް ތައުލީމީ ނިޒާމް ހިންގީ އިންޑިއާގެ އެހީތެރި ކަމާއެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ މުޅި ތައުލީމީ ނިޒާމު، ހަމައެކަނި އިންޑިއާއިން ދޭ ފައިސާގެ އެހީގެ ވާހަކަ ދައްކާކަށް ނެތިން. ހަމައެކަނި ތައުލީމީ ނިޒާމު މި ހުރިހާ ދުވަހަކު މި ހިންގީ އިންޑިއާގެ އެހީތެރި ކަމުގައި." ވައްޑެ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދާއިރާއެއް ކަހަލަ ގޮތަކަށް ހިންގަމުން އަންނަނީ އިންޑިއާގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

"ޓޫރިޒަމްގެ ދާއިރާ މިހިންގީ އިންޑިއާގެ އެހީތެރިކަމުގައި. ސިއްޙީ ދާއިރާ، ހަމަ އިންޑިއާގެ އެހީތެރިކަމުގައި މި ހިންގީ. އަޅުގަނޑުމެންގެ ދަނޑުވެރިކަން، ޒަމާނީ ދަނޑުވެރިކަން 70ހައިގެ އަހަރުތަކުގައި އިންޑިއާގެ ދަނޑުވެރިކަމާ ބެހޭ މީހުން ގެނެސްގެން އެ މީހުންގެ ލަފާ ހޯދައިގެން ކާމިޔާބު ކުރަމުންދާ މީހުން"

"އިންޑިއާ އައުޓް"އާ އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކާއި ޚިދުމަތްތަކާ ގުޅޭ ގޮތުން ވައްޑެ ވާހަކަފުޅު ދެއްކެވި ނަމަވެސް އިންޑިއާ އައުޓް ކެންޕެއިނަކީ އިންޑިއާ އަސްކަރިއްޔާ ރާއްޖެއިން ބާލަން ހިންގާ ހަރަކާތެއް ކަމަށް އިދިކޮޅުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

  1. ނަސީރު

    ރާއަްޖޭގެ މި ބޭއްވި ވޯޓްވެސް ބަދަލު ކުރީވެސް އިންޑިޔާގެ އެހީތެރި ކަމާއި އެކު،،

  2. ހަސަނު

    ކަލޭމެންގެ ނުކުޅުދުންތެރިކަން އެއީ.
    ސަރުކާރެއް ހިންގަން ލިބުނީމަވެސް ސަތޭކަ ޕަސަންޓު ދިވެހިން ވަޒީފާތަކަށް ނެރެން ކަލޭމެން ބެނުމެއް ނުވި. ވާނީވެސް އެހެން. އަމިއްލަ ފައިދާ އެހާބޮޑު.

  3. ޚަނޮޅި

    ޢިންޑިޔާވަރެއް ނެތިގެން ތިއުޅެނީ އެންބަސީން ފައިދާގަޑެއް ލިބި ޖީބުފުރޭތީ ތީ އެންމެނަށްވެސް އެނގޭކަމެއް ގައުމުވިއްކާ ގުރޫޕެއްތީ.

  4. ނަވާރަދިވެހިންހައްގު

    މާ އިންޑިވެގެން ކިހާބޮޑުބަލާއެއް