ޚަބަރު ސިޔާސީ

ހުރިހާ ސިޔާސަތެއް ގެންގުޅެނީ ރައްޔިތުން މުއްސަދިކުރަން: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

އުމްރާނީ ތަރައްޤީވާން ޖެހޭނީ ރައްޔިތުންގެ އާއްމުދަނީ އިތުރުކުރުމުގެ ވަސީލަތަކަށް ކަމަށާއި، މި ސަރުކާރުގެ ހުރިހާ ސިޔާސަތެއް ވެސް ގެންގުޅެނީ ރައްޔިތުން މުއްސަދި ކުރަން ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރާ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް، މިއަދު އެ ދާއިރާގެ ށ. މަރޮށީގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސިޔާސަތުތަކަކީ ގުޅި ލާމެހިފައިވާ ސިޔާސަތުތަކެއް ކަމަށެވެ. އަދި އެމްޑީޕީން ރަށްތަކުގައި ހިންގޭ ކޮންމެ މަސައްކަތަކީ ވެސް އެ ރަށެއްގެ ރައްޔިތުންނަށް އާއްމުދަނީ އިތުރު ކުރުމަށް ހިންގޭ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ.

މިސާލު ޖައްސަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަރޮށީގައި މި ސަރުކާރުން އަޅާ ބަނދަރަކީ ހަމައެކަނި ލަފާ ފުރަން ހަދާ ބަނދަރެއް ނޫން ކަމަށާއި އެތަނުގައި އެޅުމަށް ހަމަޖެހިފައި ވަނީ ބަނދަރު ފައްޗެއް ކަމަށެވެ. އަދި އެ ސަރަހައްދުގައި ފިހާރަތައް ހަދާނެ ކަމަށާއި އެރަށުގައި ބޯވާ ނަގައިގެން އެ ވިޔަފާރި ކުރާ ފަރާތްތަކަށް ބަނދަރުގެ ސަބަބުން އާމުދަނީ އިތުރުވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި މިފަދަ އެތައް މަޝްރޫއެއް ހިނގަމުން އަންނަ ކަމަށެވެ.

މިގޮތުން، ރައީސް ޔާމީންގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އެފަދަ ވިސްނުމެއް ނެތް ކަމަށާއި, މަރޮޮށީގައި ފަސް އަހަރު ދުވަހުން ހިންގުނު ހަމަ އެކަނި ޕްރޮޖެކްޓަކީ ބަށި ކޯޓެއް އެޅުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުން ކުރާ ކަމަކީ، އަދި ކުރަން އުޅޭ ކަމަކީ ރައްޔިތުން އާއްމު ހާލަތު ރަނގަޅުވުން ކަމަށް ވިދާޅުވިއެވެ.

"ހިންގާން ވެގެން މިއުޅޭ އެންމެ މުހިންމު ކަމަކީ، މުއްސަދިވުން، ތަނަވަސްވުން، އާއްމު ހާލަތު ރަނގަޅުވުން." ރައީސް ނަޝީދު ވިދާޅުވީ، އިންސާނީ ހައްޤުތަކަށް ރައްކާތެރިވެގެން، އިސްލާމް ދީނާ އެއްގޮތަށް އުޅުމުން ރައްޔިތުން ތަނަސްވާނެ ކަމަށެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއި ރައްޔިތުންގެ އިންސާނީ ހައްޤުތައް ރައްކާތެރިކޮށްދީ، މާތްވެގެންވާ އިސްލާމް ދީނުގެ ރިވެތި އުސޫލުތައް އަޅުގަނޑުމެންގެ ތެރޭގައި އަށަގަންނަވަމުން ގެންދިޔާމާ، ރައްޔިތުން ތަނަވަސްވާނެ.

ރައީސް ނަޝީދު ވިދާޅުވީ، 2008ވަނަ އަހަރު އެ މަނިކުފާނުގެ ވެރިކަމުން ފެށިގެން ރައްޔިތުން ފުދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރެވެން ފެށި ކަމަށާއި ނަމަވެސް އެކަން އަދިވެސް މުޅިން ފުރިހަމަ ނުވާ ކަމަށެވެ. ރައީސް ޞާލިޙްގެ ޖަޒީރާ މެނިފެސްޓޯއަކީ ފުރިހަމަކޮށް, ރައްޔިތުން ގާތަށް ގޮސް މައުލޫމާތު ހޯދުމަށްފަހު އެކުލަވައިލައިފައިވާ މެނިފެސްޓޯއެއް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo
  1. މަކަރޭ

    މަނިކުފާނުު ގޭތެރޭގެ ޚަރަދައްް މިއަހަރުު ދިވެހިދައުލަތުގެެ ބަޖެޓުންް ފަންސާސްމިލިޔަންރުފިޔާް ތިނަންގަވަނީވެސްް ދިވެހިރައްޔިތުންނައްް ފަހިދިރިއުޅުމެއްހޯދަދޭންތޯ

  2. ޖުންކޮ

    ތަރައްގީ އަކީ ޔުނިވާސިޓީ އަޅައި ބުރިޖު އަޅައި ބިންހިއްކުމެއް ނޫން. އަހަރެން ކަލޭމެނަށް ވޯޓު އެޅީ މިނޫންއެހެން ރާއްޖެއެއް ދެކެން. ލަންކާ އަށް ކޮންމެވީކެންޑެއްގައި އެތައް ސަތޭކަ ޑޮލަރު ހަރަދުވާތީ އެއަށްވުރެ ފަސޭހަ ގޮތެއް ހޯދަން. މިނޫނިއްޔަކާ ނެތޭ މުސްލިމުންނޭ ކިޔާ ބައިންގނޑެއް އުޅޭ ގައުމެއް. ދީނަކާ މިނިވަންކަމާ ކޮންގުޅުމެއް. އަހަންނަކީ ރައްޔިތެއް. އަހަރެންގެހައްގު އަހަންނަށް ލިބެންވާނެ. ކުލަބުވެސް ހުންނަން ޖެހޭނެ. ބާ އާއި ކެސިނޯވެސް. އގްތިސާދު ރަނގަޅުވެ އަހަރެންގެ މިނިވންކަން އަހަންނަށްވެސް ދީ.

  3. ޚަލީލު

    މިއީ ވެލާނާގެއިން ވައްކަންކުރި މީހާ. މީނާގެ ބަފަޔަކީ މައިޓް ކުންފުނީގެ ލާރިގަނޑު ދަވާލި މީހާ. މިބުނީ ޝަރީޢަތަށް ސާބިތުވެފައި ހުރި ކަންކަން.