ޚަބަރު ސިޔާސީ

ފާރުތަކުގައި "ބޮޑު ވަގު ޔާމީން ޖަލަށް ލާ" މިހެން ޖަހަން ހިނގާ: ފަލާޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް/ ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ފާޑު ވިދާޅުވެ، އެ މަނިކުފާނު ޖަލަށްލާން ގޮވައިލައި ފާރުތަކުގައި ލިޔުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ގޮވައިލައްވައިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ، ރައީސް ޔާމީނަކީ ހަމައެކަނި "ފުށްގިރި ވަގު" ނޫން ކަމަށާއި "މުޅި މޭމަތީގައި ވެސް ވަގު ޖަހައިގެން" ނުކުންނެވުމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ ގޭގޭ ފާރުގައި 'އިންޑިއާ އައުޓް' ޖަހައިފައި ހުރިތަން. އަަޅުގަނޑުމެން އެމްޑީޕީ މެމްބަރުންނަކީ ވެސް ފާރުގައި އެއްޗިހި ލިޔަން ދަންނަ ބައެއް. އަަޅުގަނޑުމެންނާ އެއްވަރަށް ފާރުގައި ތައްގަނޑު ޖެހުނު ބަޔަކު ނޫޅޭނެ. އަަޅުގަނޑުމެން ހިންގަވާ ނުކުމެ 'ބޮޑު ވަގު ޔާމީނު ޖަލަށް ލާ' މި ބަހުރުވައިން ޖަހަން ހިންގަވާ" ފަލާހް ވިދާޅުވިއެވެ.

ފަލާހް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 65 މެމްބަރުން ހޮވިފައި ތިބީ އެޖެންޑާ 19ގެ ދަށުން ވަރަށް ގިނަ ކަންކަން ކޮށްދޭނެކަމަށް ވައުދުވެގެން ކަމަށެވެ. އަދި އެ ވައުދުތަކުގެ ތެރެއިން 75% މިހާރު ފުދިއްޖެ ކަމަށް ވެސް ފަލާހް ވިދާޅުވިއެވެ.

ފަލާހި ވިދާޅުވީ ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންނަށް އެހީތެރިވުން ކަމަށާއި 2008ވަނަ އަހަރު އެމްޑީޕީ އުފެދުނީއްސުރެ މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށް ވައުދުވެ ވައުދު ފުއްދުމަށް ކަމަށެވެ.

Ads by Ooredoo
  1. ޛުލޭޚާ

    އެފްޕީއައޑީ ދަވާލި ބޮޑުވަގު މާކުން ސަޓޯގެ ވާހަކައާއި ވެލާނާގެއިން ވައްކަންކުރި ކެނެރީގޭ ބުއްޅަބެއާއި މައިޓް ކުންފުނި ދަވާލި ކެނެރީގޭ ސައްތާރުގެ ވާހަކަ ލިޔެލާ.

  2. މާފަންނު ހުޅަނގު މީހާ

    ފަލާހު ކަލޭ މެމްބަރު ކަމުގައި އިނދެގެން އަހަރުމެން ދާއިރާ އަށް ވީ ކަމެއް ހަރާމް. ކަލޭ ޤާނޫނޫ ހަދާ މަޖިލީހުގެ މެމްބަރަކަށްވެ ހުރެގެން ގާނޫނާއި ޙިލާފު ޢަމަލު ކުރަން ރައްޔިތުންނަށް ގޮވާލަން ލަދު ގަންނަން ޖެހޭ. އަހަރުމެން ދާއިރާގެ ހަލާކު ކަލޭތީ. އޮޅިގެންވެސް ދެން ކަލޭ ނާންނާތި ވޯޓު ހޯދަން.

  3. މިއަދު

    ސަރުކާރަކާއި މާލިއްޔަތަކާއި ބޮޑުކޯލިޝަނެއް ލިބިފަވާއިރުވެސް ނިކަމެތި ޔާމީނުދެކެ މިހިރަ ގަންނަބިރެއްދޯ ހަމަ ނޭންގެނީ އިންޔާ އައުޓް