ޚަބަރު

އަލީ ވަހީދު ހައްޔަރު ކޮށްގެން ރާއްޖެ ގެންނަން އިނގިރޭސި ބަހުން އަދިވެސް ފުލުހުންނަށް އަމުރެއް ނުލިބޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޖިންސީ ފުރައްސާރައިގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ހައްޔަރު ކޮށްގެން ރާއްޖެ ގެނައުމަށް އިނގިރޭސި ބަހުން އަމުރެއް ނެރެދިނުމަށް ފުލުހުން އެދިފައިވީ ނަމަވެސް މިހައިތަނަށް އެ އަމުރު ނެރެދީފައި ނުވާކަން ހާމަވެއްޖެއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ، އަލީ ވަހީދު ރާއްޖެ ގެނައުމަށް އިނގިރޭސިބަހުން އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނު ނަމަވެސް އެފަދަ އަމުރުރެއް ކްރިމިނަލް ކޯޓުން އަދިވެސް ނެރެދީފައި ނުވާތީ އަލީ ވަހީދު ރާއްޖެ ނުގެނެވިފައިވާ ކަމަށާއި، އަލީ ވަހީދު ހައްޔަރުކޮށްގެން ރާއްޖެ ގެނައުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލިފައިވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ފުލުހުންނަށް އަމުރުކޮށްފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ހާޒިރުވެވެން ނެތްކަމަށް ޢަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ދައުވާ އުފުލިފައި ވަނިކޮށް، ބޭސް ފަރުވާއަށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްހަދު އަލީ ޖާމިނުވާ ގޮތަށެވެ.

އަލީ ވަހީދު ރާއްޖެއަށް ނައިސްފި ނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަމަށް ކްރިމިނަލް ކޯޓުން އަންގަވައިފައި ވާތީ ވީހައި ވެސް އަވަކަށް ރާއްޖެ އައުމަށް އެދިވަޑައިގެން، އޭނާ ވަނީ އަލީ ވަހީދު ރާއްޖެ އައުމަށް ޓަކައި ޓިކެޓުގެ ޚަރަދު ދޭނޭކަމަށް ވެސް ވިދާޅުވެ ސިޓީއެއް ފޮނުއްވައިފައެވެ.

ނަމަވެސް އެ ސިޓީގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވީ އޭނާ މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގެ އިމިގްރޭޝަންގެ ބަންދެއްގައި ކަމަށާއި އެހެންކަމުން އެ މުއްދަތުގެ ތެރޭގައި ކޯޓަށް ހާޒިރުވެވެން ނެތް ކަމަށެވެ.

Ads by HDC
  1. ލާސް

    ނޫސްވެރިންގެެ ޒިންމާާ ހެޔޮގޮތުގައިި އަދާއެބަކުރެވޭބާާ ޒިންމާާ ކުރެވުމުގެެ ބަދަލުގާާ މަތިއޮމާންް ކުރެވުންނޫންް މަންޒަރެއްނުފެނޭ